ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 07:58
ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ބަޔަކު ކިއުގައި ޖެހިގެން
ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ބަޔަކު ކިއުގައި ޖެހިގެން
މިޑްލްއީސްޓްއައި
ކޮވިޑް-19
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1.5 މިލިޔަނަށް ވުރެ މައްޗަށް އަރައިފި
 
މިއަދުގެ މިހާތަނަށް އައިއިރު 759 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައި
 
މި ރޯގާގައި މިހާތަނަށް 88,502 މީހުން ވަނީ މަރުވެފަ
 
މިހާތަނަށް 1,518,719 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފަ

މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު 1.5 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭގޮތުން، ކަށަވަރު މަސްދަރުތަކުން ލިބިފައިވާ އެންމެފަހުގެ ޑޭޓާތަކައް ބަލާއިރު، ދުނިޔޭގެ 213 ޤައުމަކުން/ޓެރިޓަރީސްއިން މިހާތަނަށް 1,518,719 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. ޑޭޓާތައް ދައްކާގޮތުން މިރޯގާގައި ފަރުވާދީގެން 330,589 މީހުން ރަނަގޅުކުރެވިފައިވާއިރު، މި ރޯގާގައި މިހާތަނަށް 88,502 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑް-19 ނުރައްކާތެރި މިންވަރަށް ފެތުރެމުންދާއިރު، މިހާރުވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި، 1,099,628 މީހަކު ފަރުވާ ހޯދަމުން އެބަދެއެވެ. އޭގެތެރެއިން، 48,079 ޙާލަތު ވަރަށް ސީރިއަސްކަމަށް ޚަބަރު ލިބެއެވެ. މިއީ، މިހާރު ފަރުވާހޯދަމުންދާ މީހުންގެ %5 އެވެ. މިއަދުގެ މިހާތަނަށް އައިއިރު 759 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، އިތުރު 47 މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުގެ ޑޭޓާތަކައް ބަލާއިރު، އެންމެ ނުރައްކާތެރި ފައްތަރެއްގައި އޮތީ އެމެރިކާއެވެ. އެމެރިކާއިން މިހާތަނަށް 435,128 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، މީގެތެރެއިން 14,795 މީހަކު ވަނީ މަރުވެފައެވެ. އަދި މިހާރުވެސް 397,442 އަށް ފަރުވާދެމުންދާއިރު މީގެތެރެއިން 9,279 ޙާލަތު ވަރަށް ގޯސްކަމަށް ޚަބަރުލިބެއެވެ. މިއަދު އެކަނިވެސް އެމެރިކާއިން 201 ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި 7 މީހުން ވަނީ މަރުވެފައެވެ.

އެމެރިކާގެ އިތުރުން މި ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ ވިލާތު ބައްރުގެ ޤައުމުތަކަށެވެ. އެންމެ ޙާލަތު ގޯހީ ޔޫރަޕުގެ ޤައުމުތަކުގެ ތެރެއިން، ސްޕެއިންއާއި، އިޓަލީވިލާތާއި، ޖަރުމަންވިލާތާއި، ފަރަންސޭސި ވިލާތުގައެވެ. މި ހަތަރު ޤައުމުންވެސް މިހާތަނަށް 112 ހާހަށް ވުރެ ގިނަ މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.

މުސްލިމު ޤައުމުތަކުގެ ތެރެއިން އެންމެ ޙާލަތު ގޯހީ އީރާނުގައެވެ. އީރާނުގައި މިހާތަނަށް64,586މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، މީގެތެރެއިން3,993މީހަކު ވަނީ މަރުވެފައެވެ. އަދި މިހާރުވެސް30,781އަށް ފަރުވާދެމުންދާއިރު މީގެތެރެއިން3,987ޙާލަތު ވަރަށް ގޯސްކަމަށް ޚަބަރުލިބެއެވެ.

ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ ޙާލަތު ގޯހީ އިންޑިއާގައެވެ. އިންޑިއާގައި، މިހާތަނަށް5,916މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، މީގެތެރެއިން178މީހަކު ވަނީ މަރުވެފައެވެ. އަދި މިހާރުވެސް5,232އަށް ދަނީ ފަރުވާދެމުންނެވެ. އަދި ފަރުވާދީގެން މިހާތަނަށް506މީހުން ވަނީ ރަނގަޅުކުރެވިފައެވެ.

0%
0%
0%
0%
100%
0%
ކޮމެންޓް