ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 07:19
އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މޫސާ މުރާދު
އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މޫސާ މުރާދު
ރާއްޖެއެމްވީ
ކޮވިޑް-19
ކޮވިޑް-19އަށް ޓެސްޓުކުރެވޭ މީހުންނާ މެދު ތަފާތުކުރުންތައް ނުގެން ގުޅުމަށް އިލްތިމާސްކޮށްފި
 
ބަލީގެ ރަނގަޅު މައުލޫމާތު ހޯދަންޖެހޭ
 
ބާކީކުރާނަމަ ނަފްސާނީ ގޮތުން ނޭދެވޭ އަސަރުކުރާނެ
 
ކޮވިޑް-19އަކީ އެންމެނަށް ވެސް ވަރަށް އާ ބައްޔެއް

ކޮވިޑް-19އަށް ޝައްކުވެގެން ޓެސްޓު ކުރާ މީހުން ބާކީކޮށް، ތަފާތުކުރުންތައް ގެންގުޅޭ ކަމަށާއި، އެގޮތަށް އެކަން ނުކުރުމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މޫސާ މުރާދު އިލްތިމާސް ކުރައްވައިފިއެވެ.

ބުދަ ދުވަހުގެ ރޭ ނޭޝަނަލް އެމަރޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.މުރާދު ވިދާޅުވީ ކޮވިޑް-19އަކީ އެންމެނަށް ވެސް ވަރަށް އާ ބައްޔެއް ކަމަށާއި، ފެތުރެމުންދާ ސްޕީޑްގެ ގޮތުންވެސް ގިނަ ބަޔަކު ބިރުގަނެފައިވާ ކަމަށެވެ. އަދި މިބިރުވެރިކަމުގެ ތެރެއިން ބައެއް ކަހަލަ ނޭދެވޭ ކަންކަން ޢާންމު ރައްޔިތުން ކުރަމުންދާކަން ޑރ. މުރާދު ފާހަގަކުރެއްވިއެވެ.

ޑރ. މުރާދު ވިދާޅުވީ މިބައްޔަށް ޝައްކުރެވިގެން ޓެސްޓުކުރާ މީހުން ބާކީކޮށް ތަފާތުކުރުރުންތައް ގެންގުޅޭކަމުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށާއި، އެއީ ވަރަށް ދެރަކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެމީހުން ދިރިއުޅޭ ގެއަށް ވެއްދުމަށް ވެސް އުޒުވެރިވާ ހިސާބަށް މައްސަލަ ގޮސްފައިވާ ކަމަށެވެ. އެގޮތަށް ޢަމަލުނުކުރުމަށް އިލްތިމާސްކުރައްވާ ޑރ. މުރާދު ވިދާޅުވީ އެކަމުގެ ސަބަބުން އެމީހުންނަށް ނަފުސާނީ ގޮތުން އެތައް ގެއްލުމެއް ލިބޭނެ ކަމަށެވެ.

އޭގެ އެންމެ ބޮޑު އެކަށްޗަކަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ބައެއް ފަހަރަށް މިބައްޔަށް ޝައްކުކުރެވޭ މީހުން ކޮންމެވެސް ވަރަކަށް ބާކީކޮށް ތަފާތުކުރެވޭ ގޮތް ދިމާވޭ. މިސާލަކަށް އާއިލާގެ ތެރެއިން ވެސް އެބޭފުޅުން ބައްޔަށް ޝައްކުކުރެވިގެން ގޮތެއް ހަދާފިއްޔާ އެދެން ވަރަށް ބިރުވެރިކަމެއްގެ ގޮތުގައި ދެން އެމީހަކަށް އެއްގޮތަކަށް ވެސް ބައެއް ފަހަރަށް ގެއަށް ވަންދަން ވެސް އުޒުވެރިވާ ހިސާބަށް ކަންތައް ގޮސްފައިހުރި ކަމަށް އަޅުގަނޑުމެންނަށް އެބަ މައުލޫމާތު ލިބޭ. މިކަންތައްތައް ބޮޑަށް ލާމެހެނީ އެކަހަލަ މީހުން ނަފްސާނީ ދުޅަހޮޔޮ ކަމާ މިގުޅެނީ. މިކަހަލަ ކަންތައްތައް ދިމާވީމަ ނަފްސާނީ ގޮތުން އަސަރުކުރުމާއި އޭގެ ސަބަބުން އަނެއްކާ އިތުރު މައްސަލަތައް ދިމާވުން އެބަކުރިމަތިވޭ.
އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މޫސާ މުރާދު

ކޮވިޑް-19އަށް ފަރުވާދޭ ޞިއްޙީ އެހީތެރިންނާމެދު ވެސް ތަފާތު ކުރުން ގެންގުޅޭ މައްސަލަތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ފެންމަތިވަމުންދާކަން ފާހަގަކުރައްވައި ޑރ. މުރާދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މިބައްޔާ ގުޅޭ ރަނގަޅު މަޢުލޫމާތު ހޯދާ މިމައްސަލަތައް މަދުކުރުމަށް އެންމެން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މިގޮތަށް ޢަމަލުނުކުރާނަމަ މިމުޖުތަމަޢުގައި އެހެން މައްސަލަތައް ފެންމަތިވުމުގެ ބިރު އެބައޮތް ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް