ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 07:28
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ލޯނުގެ އެހީ
''ކޮވިޑް-19 ވިޔަފާރި އެހީ''ގެ ނަމުގައި ލޯނެއް ތައާރަފުކޮށްފި
 
އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުޔެއް ލިބޭނެ
 
ގިނަވެގެން 3 އަހަރު ދުވަހުގެ ތެރޭގައި ލޯނު އަދާކުރަންޖެހޭ
 
މިލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ 6 ޕަސަންޓް އިންޓްރެސްޓް ރޭޓްގައި

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ޢާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައި ގަތުމަށް އިތުރު ފުރުޞަތުތަކެއް ފަހިކޮށްދިނުމަށްޓަކައި، ސަރުކާރުގެ އިޤުތިޞާދީ ރިކަވަރީ ޕެކޭޖްގެ ދަށުން 'ކޮވިޑް-19 ވިޔަފާރި އެހީ' ގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން ލޯނެއް ތަޢާރަފުކޮށްފިއެވެ.

ބުދަ ދުވަހު ތައާރަފުކުރި މިލޯނަކީ މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ޚަރަދުތައް ހަމަޖައްސައި ދިނުމަށާއި އެވިޔަފާރިތައް ދެމެހެއްޓުމަށް ޢަމާޒުކޮށްގެން، ތަޢާރަފުކޮށްފައިވާ ލޯނެކެވެ.

އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ބުނީ މިލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ 6 ޕަސަންޓް އިންޓްރެސްޓް ރޭޓުގައި ގިނަވެގެން 3 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ޚާލަާސްކުރާ ގޮތަށް ކަމަށެވެ. އަދި މިލޯނުގެ ޝަރުޠުތަކުގެ ތެރޭގައި ވިޔަފާރީގެ ވޭތުވެދިޔަ އަހަރުގެ ޢާމްދަނީ 10 މިލިއަން ރުފިޔާއަށް ވުރެ ދަށްވުމާއި މިޙާލަތާއި ގުޅިގެން އަދި ލޯނު އެހީދޭ މުއްދަތުގެ ތެރޭގައިވެސް އެވިޔަފާރީގެ އެއްވެސް ދިވެހި މުވައްޒަފެއް ވަކިނުކުރުން ހިމެނެއެވެ.

އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ބުނީ އަލަށް ތަޢާރަފުކުރެވުނު މިލޯނުން ކޮވިޑް-19 އާއި ގުޅިގެން މިހާރު ހިނގަމުންދާ އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ޢާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާފަރާތްތަކަށް ދިމާވާ މާލީ ދަތިތަކަށް ލުޔެއް ލިބި، އެވިޔަފާރިތައް ދެމެހެއްޓުމަށް ސަރުކާރާއި ގުޅިގެން އެކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ.

08 އޭޕްރީލް 2020 ވަނަ ދުވަހުންފެށިގެން ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި ލޯނާއި ބެހޭ އިތުރު މަޢުލޫމާތު އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ވެބްސައިޓު (www.sdfc.mv) މެދުވެރިކޮށް ލިބެން މިހާރު އެބަހުއްޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
20%
0%
80%
0%
0%
ކޮމެންޓް