ހޯމަ 01 ޖޫން 2020
13 ރޯނު
1441 ޝައްވާލް 09
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:34
ކޮވިޑް-19

ކޮވިޑް-19 އާއި ގުޅިގެން ދުބާއީގައި ކައިވެންޏާއި ވަރިކޮށްދިނުުން މަޑުޖައްސާލައިފި

  • އެގޮތަށް ނިންމީ އެ ޤައުމުގެ ޖަސްޓިސް ޑިޕާޓްމަންޓުން
  • މަޑުޖައްސާލާފައިވަނީ އިސްލާމީ ފިގުޙުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން
  • ދުބާއީން 2659 ކޭސް މިހާތަނަށް ރިޕޯޓްކޮށްފައިވާއިރު، 12 މީހުން މަރުވެފައިވޭ

ކ. މާލެ | 8 އޭޕްރިލް 2020 | ބުދަ 23:12 | 3,816

ދުބާއީ - ގޫގުލް

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ދުބާއީގައި ކައިވެނި ކޮށްދިނުމާއި ވަރިކޮށްދިނުން މުއްދަތެއް ނެތް ގޮތަށް މަޑުޖައްސާލައިފިއެވެ.

އެކަމާ ގުޅޭގޮތުން އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުން ބުދަ ދުވަހު އެ ޤައުމުގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ވަކި މުއްދަތެއް ނެތް ގޮތަށް އެ ޤައުމުގެ ކައިވެނިތަކާއި ވަރި މަޑުޖައްސާލުމަށް އަންގާފައެވެ.

ޢަރަބި ނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުން ކައިވެނިކޮށްދިނުމާއި، ވަރިކޮށްދިނުމުގައި ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން މަޑުޖައްސާލާފައިވަނީ އިސްލާމީ ފިގުޙުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އޭގެ އިތުރުން، މިހާރު ކައިވެނި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުންވެސް ގިނަ މީހުން އެއްވެ އުޅޭގޮތަށް ބޮޑެތި ޕާޓީތައް އިންތިޒާމު ނުކުރުމަށް އެ ޤައުމުގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ޢާއިލާގެ އެންމެ ގާތް މީހުން ބައިވެރިވެގެންވެސް އެފަދަ ޙަރަކާތްތައް މި ދަނޑިވަޅުގައި އިންތިޒާމު ނުކުރުމަށް އެދިފައިވެއެވެ.

ދުބާއީން 2659 ކޭސް މިހާތަނަށް ރިޕޯޓްކޮށްފައިވާއިރު، 12 މީހުން މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.