ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 23:01
ކޮވިޑް-19 ބަލިމީހަކަށް ފަރުވާދެނީ
ކޮވިޑް-19 ބަލިމީހަކަށް ފަރުވާދެނީ
ޑަރ ޝްޕީގަލް
ކޮވިޑް-19
ކޮވިޑް-19: އިޓަލީން 139 ހާހަށް ވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
 
އިޓަލީވިލާތުގައި މިއަދު އެކަނިވެސް މި ރޯގާގައި 542 މީހުން މަރުވި

އިޓަލީވިލާތުގައި މިއަދު އިތުރު 3,836 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވުމާއެކު އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ ޢަދަދު 139,422 އަރައިފިއެވެ.

އެއްކޮށް ލޮކްޑައުން ކޮށްފައިވާ އިޓަލީވިލާތުގައި މިއަދު އެކަނިވެސް މި ރޯގާގައި 542 މީހުން މަރުވިއެވެ. މިއާއެކު، މަރުވީ މީހުންގެ ޖުމުލަ އަދަދަކީ 17,669 އެވެ.

އެޤައުމުގެ ސިވިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން މަޢުލޫމާތުދޭ ގޮތުގައި، 95,262 މީހުންނަށް މިހާރުވެސް ދަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން 3,693 މީހުންގެ ޙާލަތު ވަރަށް ސީރިއަސްކަމަށް އެޑިޕާޓްމަންޓުން ބުނެއެވެ.

Advertisement
17%
0%
83%
0%
0%
0%
ކޮމެންޓް