ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 22:33
އުރީދޫ މަސްރޭސް
އުރީދޫ މަސްރޭސް
އުރީދޫ
ކޮވިޑް-19
އުރީދޫ މަސްރޭސް މި އަހަރު ނޯންނާނެ
 
މަސް ރޭސް ނުބާއްވަން ނިންމީ މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް އުރީދޫ މޯލްޑިވްސް އިން ބާއްވާ އުރީދޫ މަސް ރޭސް މިއަހަރު ނޯންނާނެކަމަށް އެކުންފުނިން ބުނެފިއެވެ.

އުރީދޫ އިން ބުނީ މަސް ރޭސް ނުބާއްވަން ނިންމީ މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. މިއަހަރުގެ މަސް ރޭސް ކެންސަލް ކުރިނަމަވެސް އަންނަ އަހަރު ކުރިއަށްވުރެ ކުލަގަދަކޮށް މި ޙަރަކާތް ބާއްވާނެ ކަމަށް އުރީދޫއިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ބުނެފައެވެ.

އުރީދޫ އިން މިހާތަނަށް މަސްރޭހުގެ 10 ސީޒަނެއް ކުރިޔަށް ގެންގޮސްފައިވެއެވެ. ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކަށް އަދި ބޮޑެތި ކުންފުނިތަކަށާއި އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ކުރިޔަށް ގެންދާ މަސްރޭހަކީ ކޮންމެ އަހަރެއްގެވެސް ރޯދަ މަހު ކުރިޔަށްގެންދާ ގިނަ ބައެއްގެ ތަރުހބު ލިބޭ އިވެންޓެކެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު އެއްވެގެން ބާއްވާ އިވެންޓްތައް އަންނަނީ ކެންސަލްކުރަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
50%
0%
50%
ކޮމެންޓް