ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 20:18
ވިލިވަރު
ވިލިވަރު
ޓޫރިޒަމް މިނިސްޓްރީ
އަލިފާން ރޯވުން
ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ވިލިވަރުގައި އަލިފާން ރޯވެއްޖެ
 
އަލީފާން ރޯވީ މުދާ ލާފައިހުރި ކޮންޓެއިނަރެއްގެ ތެރޭގައި
 
މިހާދިސާ ހިނގާފައިވަނީ މިރޭ 19:41 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނޭ

ކޮވިޑް-19އާ ގުޅިގެން ކަރަންޓްރީން ފެސިޓީއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކ. ވިލިވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިޙާދިސާގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފުގެ ފަޔަރ އެންޑް ރެސްކިއު ޓީމަށް މައުލޫމާތު ލިބިފައިވަނީ ބުދަ ދުވަހުގެ ރޭގަނޑު 19:41 ހާއިރުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އަލިފާންރޯވުމާއެކު އެރިސޯޓުގައި ތިބި ސިފައިންނާއި ފުލުހުން އަލިފާން ނިއްވާލުމުގެ މަސައްކަތްކުރިކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ. މި އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި އަލީފާން ރޯވީ މުދާ ލާފައިހުރި ކޮންޓެއިނަރެއްގެ ތެރޭގައެވެ. އަލިފާން ރޯވި ކޮންޓެއިނަރގައި ހުރީ ޕްލާސްޓިކް އާއި ކޮންސްޓްރަކްޝަނަށް ބޭނުންކުރާ ސާމާނުކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ. އަދި އަލިފާން ރޯވުމުގެ ސަބަބުން ކޮންޓެއިނަރ ގައި ހުރި ސާމާނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައިކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
43%
0%
29%
0%
29%
0%
ކޮމެންޓް