ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 19:31
އައިވާ ޓީވީ
އައިވާ ޓީވީ
ރާއްޖެއެމްވީ
އައިވާ ޓީވީ
އައިވާ ޓީވީގެ ޕްރީއޯޑަރ ޕްރޮމޯޝަނެއް ރީފްސައިޑުން ފަށައިފި
 
މި ޕްރޮމޯޝަން ކުރިއަށްދާނީ 25 އޭޕްރިލްގެ ނިޔަލަށް

އައިވާ ޓީވީގެ ޕްރީ-އޯޑަރ ޕްރޮމޯޝަނެއް ރީފްސައިޑުން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި ރީފްސައިޑުގެ މަރކެޓިންގ އެގްޒެކެޓިވް މުޙައްމަދު އަހުސަން ވިދާޅުވީ މި ޕްރޮމޯޝަން ފަށާފައިވަނީ ކަސްޓަމަރުންނަށް ހެޔޮއަގުގައި އައިވާ ޓީވީ ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މި ޕްރޮމޯޝަންގެ ދަށުން އޯޑަރު ކުރާ ޓީވީއަކުން 1000 ރުފިޔާގެ ޑިސްކައުންޓެއް ލިބިިގެންދާނެ ކަމަށެވެ.

އަހުސަން އިތުރަށް ވިދާޅުވީ ޓީވީ ޕްރީ-އޯޑަރ ކުރާއިރު ފުރަތަމަ ދައްކަން ޖެހޭނީ އަގުގެ 50 އިންސައްތަ ކަމަށެވެ. ބާކީ ބައި ޓީވީ ޑެލިވަރީ ކުރުމަށްފަހު ދެއްކުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ހުޅުވާލާފައިވާނެ ކަމަށެވެ. އަދި މި ޕްރޮމޯޝަން ކުރިއަށްދާނީ 25 އޭޕްރިލްގެ ނިޔަލަށް ކަމަށް ވެސް ރީފްސައިޑުން މަޢުލޫމާތުދެއެވެ.

ޕްރީ-އޯޑަރގެ ދަށުން އައިވާ ޓީވީގެ ތިން ސައިޒެއް އޯޑަރ ކުރެވޭނެއެވެ. އެއީ 50 އިންޗި، 55 އިންޗި، 65 އިންޗީގެ ޓީވީތަކެވެ.

ރީފްސައިޑުން ބުނީ އައިވާ ޓީވީ އަކީފެންވަރަށް ބަލާއިރު، އިތުރު ތަޢާރަފެއް ބޭނުން ނުވާ ކޮލެޓީ ޓީވީއެއް ކަމަށެވެ. ޕިކްޗަރ ކޮލެޓީ ވަރަށް ސާފު ވާނެ ކަމަށާއި އައްޔަށް އަދި ކޮންޓްރާސްޓަށް ބެލިޔަސް މިކްސްޕެކްސް ވެގެން ނުދާނެ ކަމަށެވެ. 7731204 މި ނަންބަރަށް މެސެޖް ކޮށްގެން އައިވާ ޓީވީ ޕްރީ-އޯޑަރ ކުރެވޭނެ ކަމަށް ރީފްސައިޑުން ބުނެއެވެ.

ރީފްސައިޑުން ވިއްކާ އުފެންދުންތަކަކީ ޢާންމުންގެ މެދުގައި މަޤުބޫލު އުފެއްދުން ތަކެވެ. ރީފް ސައިޑުން އެކި މުނާސަބާތުތަކާއި ގުޅުވައިގެން މިކަހަލަ ތަފާތު ޕްރޮމޯޝަންތައް ކަސްޓަމަރުންނަށް ޢަމާޒުކޮށްގެން ހިންގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް