ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 19:15
މޯލްޑިވްސް އިސްލާމިކް ބޭންކް
މޯލްޑިވްސް އިސްލާމިކް ބޭންކް
ރާއްޖެއެމްވީ
އެމްއައިބީ
އެމްއައިބީގެ ބޯޑަށް ޕެންޝަން އޮފީހުން ކުރިމަތިލާން އަލުން ހުޅުވާލައިފި
 
23 އެޕްރީލް ގެ ކުރިން ފޯމް ހުށަހަޅަން ޖެހޭ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ޕެންޝަން އޮފީހުގެ ފަރާތުން ނޮމިނޭޓްކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް ޕެންޝަން އޮފީހުގެ ފަރާތުން ނޮމިނޭޓްކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އެންމެ ފުރަތަމަ މާރޗް މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް އެ އިއުލާނަށް ވަރަށް މަދު އަދަދެއްގެ ބަޔަކު އިޖާބަދިނުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ އަޅުން ހުޅުވާލާފައެވެ.

ޕެންޝަން އޮފީހުން ބުނީ އެ މަގާމަށް ކުރިން އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. އެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ، މަގާމުގެ ޓާމްސް އޮފް ރެފަރެންސްގައި ބަޔާން ކޮށްފައިވާ ތައުލީމީ ފެންވަރާއި، މަސްއޫލިއްޔަތުތަކާއި އަދި އެހެނިހެން ޝަރުތުތައް ފުރިހަމަވާ ފަރާތެއްކަމުގައި ވާންޖެހެއެވެ. އޭގެ އިތުރުން ޕެންޝަން އޮފީހުގެ "ނޮމިނީ ޑިރެކްޓަރ ޕޮލިސީ" ގައި ބަޔާން ކޮށްފައިވާ ޝަރުތުތައް ވެސް ފުރިހަމަ ވާންޖެހޭނެއެވެ. އެ ޕޮލިސީ ޕެންޝަން އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

އެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން ޖޮބް އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު، ހިމަނަން ޖެހޭ ލިޔެކިޔުންތަކާއެކު، 23 އެޕްރީލް ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން، [email protected] އަށް އީމެއިލް ކުރަން ޖެހެއެވެ.

އެމްއައިބީގެ މޭޖަރ ޝެއާ ހޯލްޑަރަކަށް ޕެންޝަން އޮފީސް ވެގެން ދިޔައީ ޖުލައި 2019 ގައި އާންމުކޮށް ހިއްސާ ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ޕެންޝަން އޮފީހުން ބައިވެރިވުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް