ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 18:11
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ގޫގުލް
ކޮވިޑް-19
ޑަބްލިއުއެޗްއޯއިން ސަމާލުކަން ދިނީ ޗައިނާއަށް އެކަނިކަމަށް ވިދާޅުވެ ޓްރަމްޕްގެ ނުރުހުން އެ ޖަމިއްޔާއަށް!
 
ކޮންމެ ޤައުމަކާމެދުވެސް އެއް މިންގަނޑަކުން އަމަލު ކުރައްވަމުން ގެންދަވާކަން އެ ޖަމިއްޔާއިން ފާހަގަކުރޭ
 
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ޓްރަމްޕްގެ މި ވާހަކަފުޅުތައް ދޮގުކުރޭ
 
އެމެރިކާއިން އެ ޖަމިއްޔާއަށް ދެމުންގެންދިޔަ ފަންޑުވެސް ހުއްޓާލައްވާނެ ކަމަށް ވިދާޅުވި

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ)އިން ސަމާލުކަން ދީފައިވަނީ ހަމައެކަނި ޗައިނާއަށްކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމާ ނުރުހުން ފާޅު ކުރައްވައިފިއެވެ.

އެގޮތުން ރައީސް ޓްރަމްޕް ވަނީ ކޮވިޑް-19 އާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހުނު ވަގުތު އެކަން ކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ނުކުޅެދުނުކަމަށް ވިދާޅުވެ، އެމެރިކާއިން އެ ޖަމްޢިއްޔާއަށް ދެމުންގެންދިޔަ ފަންޑުވެސް ހުއްޓާލައްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ޓްރަމްޕް އެހެން ވިދާޅުވެފައިވާއިރު، އެމެރިކާއަކީ ޖެނީވާގައި ޤާއިމު ކުރެވިފައިވާ މި ޖަމިއްޔާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ޤައުމެވެ. އެގޮތުން 2019 ވަނަ އަހަރުވެސް އެމެރިކާއިން ވަނީ ޗައިނާއަށް 400 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާ ކުރައްވާފާއެވެ.

އޭގެ އިތުރުން، އދ އިން މީގެ ކުރިން ބެއިޖިންއާއި ގުޅިގެން މަސައްކަތް ކޮށްފައިވާކަން ފާހަގަ ކުރައްވައި އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވީ، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ފިޔަވަޅުތައް އަޅާފައިވަނީ ހަމައެކަނި ޗައިނާއަށް ސަމާލުކަންދީގެން ކަމަށެވެ.

ނަމަވެސް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ޓްރަމްޕްގެ މި ވާހަކަފުޅުތައް ދޮގުކުރެއެވެ. އެގޮތުން ބުދަ ދުވަހު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ޔޫރަޕަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ ޑރ ހާންސް ކްލޫގް ވަނީ ޓްރަމްޕްގެ އެ ނިންމެވުމަކީ މިވަގުތަށް ރަނގަޅު ނިންމެވުމެއް ނޫންކަން ފާހަގަކުރައްވާފައެވެ.

އޭގެ އިތުރުން، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޗީފް ޓެޑްރޯސް އެދަނޯމް ގެބްރިއޭސަސްގެ ސީނިއަރ އެޑްވައިޒަރުވެސް ވަނީ އދ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން ދިފާޢު ކުރައްވާ ވާހަކަދައްކަވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ މި ވައިރަސް ފެނުނީ ޗައިނާއިން ކަމަށްވެފައި، ވައިރަސްގެ ފުރިހަމަ މަޢުލޫމާތުތައް ދެނެގަނެ، މި ވައިރަސްގެ އައުޓްބްރޭކާ ގުޅޭގޮތުން އިތުރަށް ދިރާސާ ކުރުމަށް ޗައިނާއާއި ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަންވެސް ޖެހޭކަން ފާހަގަކުރައްވާފައެވެ.

އަދި ވައިރަސް ބޮޑަށް ފެތުރޭ ކޮންމެ ޤައުމަކާމެދުވެސް އެއް މިންގަނޑަކުން ޢަމަލު ކުރައްވަމުން ގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއަށް ފާޑުވިދާޅުވަމުން ގެންދަވާއިރު، ފާއިތުވި ހަފްތާގައި ރިޕަބްލިކަން ސެނެޓަރ މާރކޯ ރޫބިއޯ ވަނީ ޗީފް ޓެޑްރޯސްގެ އިސްތިޢުފާއަށްވެސް ގޮވާލައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ، ޗައިނާގެ ބެއިޖިންގއާއި ގުޅިގެން ޑަބްލިއުއެޗްއޯއިން މި ވައިރަސްގެ ޞައްޙަ މަޢުލޫމާތު ޤައުމުތަކަށް އޮޅުވާލާފައިވާ ކަމަށެވެ.

ޗައިނާގެ ވުހާން ސިޓީން އެންމެ ފުރަތަމަ ފެނުނު މި ވައިރަސް ދުނިޔޭގެ ގިނަ ޤައުމުތަކަކަށް ފެތުރިފައިވާއިރު، މުޅި ދުނިޔެއިންވެސް އެންމެ ގިނަ ޢަދަދެއްގެ މީހުން ޕޮޒިޓިވްވެފައިވަނީ އެމެރިކާއިންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް