ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 17:23
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
ރައީސް އޮފީސް
ކޮވިޑް-19
ކޮވިޑް-19: ރާއްޖޭގެ ޙާލަތާ ގުޅިގެން ރައީސް ޞާލިޙު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާ މަޝްވަރާ ކުރައްވައިފި
 
އްޖޭގެ ޙާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރެއްވި
 
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ދެއްވި
 
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޗީފް ޓެޑްރޯސްއާ ފޯނުން ގުޅުއްވި

ކޮވިޑް-19 ވައިރަސްއާއި ރާއްޖޭގެ ޙަލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާ މަޝްވަރާ ކުރައްވައިފިއެވެ.

ބުދަ ދުވަހު ރައީސް ޞާލިޙު ވަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއޭސިސް އާއި ފޯނުން ގުޅުއްވައި، ރާއްޖޭގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ރައީސް ސޯލިޙު ވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއި، ރާއްޖޭގެ ޙާލަތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްސާ ކުރައްވާފައެވެ.

އެގޮތުން ރާއްޖެއިން ނެރިފައިވާ ޓްރެވަލް ރެސްޓްރިކްޝަންތަކާއި، ރިސޯޓުތަކާއި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރު ކުރުމުގައި އަމަލުކޮށްފައިވާ އުސޫލުތަކުގެ އިތުރުން، ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހިންވެސް ކަރަންޓީން ކުރަން ނިންމައި އެކަން ތަންފީޒުކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ރާއްޖޭގައި މި ވައިރަސްގެ "ކޮމިއުނިޓީ ސްޕްރެޑް"އެއް ނެތް ނަމަވެސް، ކުރީ ބައިގައި ފިޔަވަޅުތައް އަޅަން ފެށިކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ބަލިމީހުންގެ އެނދުގެ އަދަދާއި، އައިސީޔޫގެ ޚިދުމަތް ފުޅާ ކުރުމާއި، ވައިރަސްއަށް ޓެސްޓު ކުރުމަށް އެޅިގެންދިޔަ ހަރުދަނާ ފިޔަވަޅުތައްވެސް ރައީސް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ޞއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި މިހާރުވެސް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް 1800 މީހަކު ޓެސްޓުކޮށް، 1700 އަށްވުރެ ގިނަ މީހަކު އެކަހެރި ކުރެވިފައިވާއިރު، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުންވެސް ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
9%
64%
0%
18%
0%
9%
ކޮމެންޓް