ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 16:49
ބަޔާން މިއުނިކްގެ ފޯވާޑް ތޯމަސް މުލާ
ބަޔާން މިއުނިކްގެ ފޯވާޑް ތޯމަސް މުލާ
ޓްވިޓަރ
ތޯމަސް މުލާ
ބަޔާންގެ އެއްބަސްވުން މުލާ އާކޮށްފި
 
ބަޔާނާއެކު މުލާ އެއްބަސްވުން އާކޮށްފައިވަނީ 2023 ގެ ނިޔަލަށް

ޖަރުމަންގެ ފޯވާޑް ތޯމަސް މުލާ ބަޔާން މިއުނިކާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި އެވެ.

އުމުރުން 30 އަހަރުގެ މުލާ ބަޔާންގެ އެއްބަސްވުން އާކޮށްފައިވަނީ 2023 ގެ ނިޔަލަށެވެ. މިހާތަނަށް ބަޔާންއާއެކު ތަށި ހޯދާފައިވާ މުލާ ބުނީ ބަޔާންގައި މަޑުކުރުމަކީ އޭނާ އަބަދުވެސް ބޭނުންވާ ގޮތް ކަމަށާއި، އިތުރު ދެ އަހަރު ކްލަބުގައި މަޑުކުރަން ލިބުމުން އުފާކުރާ ކަމަށެވެ.

ބަޔާންގެ އެއްބަސްވުން މުލާ އާކުރިއިރު، އޭނާ ހޯދުމަށް ޗައިނާ ކްލަބުތަކުން މީގެ ކުރިން ވަނީ މަސައްކަތް ކޮށްފައެވެ.

ބަޔާން އިން 2008 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި މުލާ ޔޫތު ކެރިޔަރުވެސް ހޭދަކޮށްފައިވަނީ އެ ކްލަބުގެ ޔޫތު ޓީމުގައެވެ. އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 521 މެޗުގައި 195 ލަނޑު ކާމިޔާބުކޮށްފައެވެ.

މުލާ ވަނީ ބަޔާންއާ އެކު 8 ލީގު ތަށި، 5 ޖަރުމަން ކަޕް، 5 ޖަރުމަން ސުޕަ ކަޕް، 1 ޔުއެފާ ޗެމްޕިއަންސް ލީގު، 1 ޔުއެފާ ސުޕަ ކަޕް އަދި އެއް ފީފާ ކްލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ޖަރުމަން ގައުމީ ޓީމާއެކު 2014 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި މުލާ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 100 މެޗުގައި 38 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް