ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 16:32
ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން
ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން
ގެޓީ އިމޭޖަސް
ކޮވިޑް-19
ސީޒަން ނުފެށި ދިގުލައިގެންދާނަމަ ޕްރިމިއާ ލީގު ކްލަބުތަކަށް ބޮޑު ގެއްލުމެއް!
 
މި ސީޒަން އިތުރަށް ކުރިޔަށް ނުގެންދެވިއްޖެނަމަ، ކްލަބުތަކަށް 1 ބިލިއަން ޔޫރޯއަށް ވުރެ ބޮޑު ގެއްލުމެއް ވާނެ

ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ސީޒަން ނުފެށި ދިގުލައިގެންދާނަމަ، އިނގިރޭސި ޕްރިމިއާ ލީގު ކްލަބުތަކަށް ބޮޑު ގެއްލުމެއްވާން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ޕްރިމިއާ ލީގުގެ މި ސީޒަން ނުނިންމެއްޖެނަމަ ކްލަބުތަކަށް މާލީ ގޮތުން 1 ބިލިއަން ޔޫރޯއަށް ވުރެ ބޮޑު ގެއްލުމެއްވާނެއެވެ. އަދި މިކަމުގެ ސަބަބުން ބައެއް ކްލަބުތައް ބަނގުރޫޓުވެ ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޕްރިމިއާ ލީގުގެ ޗީފް އެގްޒެކެޓިވް ރިޗާޑް މާސްޓާސް އާއި ހަވާލާދީ ބީބީސީ ގައި ބުނެފައިވަނީ ސީޒަން ނުފެށި ދިގުލައިގެންދާ ކޮންމެ ދުވަހަކީ ކްލަބުތަކަށް އެކަމުގެ ސަބަބުން ބޮޑު ގެއްލުމެއް ވެގެންދާނެ ކަމެއް ކަމަށާއި، އަދި މި ސީޒަން އިތުރަށް ކުރިޔަށް ނުގެންދެވިއްޖެ ނަމަ ކްލަބުތަކަށް 1 ބިލިއަން ޔޫރޯއަށް ވުރެ ބޮޑު ގެއްލުމެއް ވާނެ ކަމަށެވެ.

އިނގިރޭސި ކްލަބްތަކުން އަންނަނީ އެ ކްލަބުތަކަށް މާލީ ގޮތުން ވާނެ ގެއްލުންތަކުން ސަލާމަތްވުމަށް މަސައްކަތް ފަށާފައެވެ. އަދި ބައެއް ކްލަބުތަކުން އަންނަނީ ކުޅުންތެރިންގެ މުސާރަކުޑަކޮށް އޮފިޝަލުންނާއި އަދި އެނޫންވެސް މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ މުސާރައިން ވަރަށް އަވަހަށް 30 އިންސައްތަ އުނިކުރާނެ އެވެ. އެކަމަކު ފްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަނޕީއެފްއޭ އިން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. އެ ޔޫނިއަނުން ބުނީ ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރުމުން، ކްލަބުތަކަށް ޖުމްލަ 500 މިލިއަން ޔޫރޯ އެއްކުރެވޭ ކަމަށެވެ. އެއާއެކު އިނގިރޭސިވިލާތުގެ ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން 200 މިލިއަން ޔޫރޯ މަދުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މިއާއެކު އެކަމުގެ ސަބަބުން ބައެއް ކްލަބުތަކުން ނާޖައިޒު ފައިދާ ނަގަން މަސައްކަތް ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ޕްރިމިއާ ލީގުގެ ކްލަބުތަކުން ދާދި ފަހުން ވަނީ ނެޝަނަލް ހެލްތު ސާވިސަސް އަށް 20 މިލިއަން ޔޫރޯ ހަދިޔާ ކުރުމަށް ނިންމާފައެވެ. އަދި އިނގިރޭސި ފުޓްބޯލް ލީގު (އީއެފްއެލް) އާއި ނެޝަނަލް ލީގުގެ ކްލަބުތަކަށް 125 މިލިއަން ޔޫރޯ ހަދިޔާ ކުރުމަށްވެސް ވަނީ ނިންމާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް