ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 16:27
\"ވަން ވަރލްޑް: ޓުގެދަރ އެޓް ހޯމް\" ޕޯސްޓަރ
"ވަން ވަރލްޑް: ޓުގެދަރ އެޓް ހޯމް" ޕޯސްޓަރ
ޑަބްލިޔު.އެޗް.އޯ
ކޮވިޑް-19
ކޮވިޑް-19އާ ދެކޮޅަށް ކުރާ ހަނގުރާމައަށް ފަންޑް ހޯދުމަށް ހާއްސަ އޮންލައިން މިއުޒިކް ޝޯވއެއް އޭޕްރިލް 18ގައި ބާއްވަނީ
 
"ވަން ވަރލްޑް: ޓުގެދަރ އެޓް ހޯމް" ކެމްޕޭންއަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މާޗް މަހު ފަށާފައިވާ ކެމްޕޭނެއް
 
ދުނިޔޭގެ ފާހަގަކޮށްލެވޭ ބްރޯޑްކާސްޓަރުން ޝޯވ ލައިވްކުރާއިރު، ސްޓްރީމިންގ ސަރވިސްތަކުންވެސް ދައްކާނެ
 
މި ޝޯވ ކުރިއަށް ދާނީ އޮންލައިންކޮށް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19އާ ދެކޮޅަށް ކުރާ ހަނގުރާމާގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ މީހުންގެ މަސައްކަތަށް ޚާއްޞަ މިއުޒިކް ޝޯވއެއް ބާއްވަން ނިންމައިފިއެވެ.

"ވަން ވަރލްޑް: ޓުގެދަރ އެޓް ހޯމް" ގެ ނަމުގައި އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ބާއްވާ މި ޝޯވ އަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި ގްލޯބަލް ސިޓިޒަންގެ ޕްރޮޖެކްޓެކެވެ.

ކޮވިޑް-19 ގެ ސަބަބުން އިޖްތިމާޢީ ގައިދުރުކުރުމަށް ކަމާބެހޭ ފަރާތްތަކުން ބާރުއަޅަމުންދާ ދަނޑިވަޅެއްގައި ބާއްވާ މި ޝޯވ ކުރިއަށް ދާނީ އޮންލައިންކޮށެވެ. އަދި ދުނިޔޭގައި ފާހަގަކޮށްލެވޭ ގިނަ ބްރޯޑްކާސްޓަރުންތަކަކާއި ސްޓްރީމިންގ ސަރވިސްތަކުން މި ޝޯވ ދައްކާނެއެވެ.

އެގޮތުން، ޝޯވ ދައްކަން ހަމަޖެހިފައިވާ ބްރޯޑްކާސްޓަރުންގެ ތެރޭގައި ބީބީސީ، އެންބީސީ، އޭބީސީ، ބީއިން މީޑިއާ ގްރޫޕް އަދި ވިއަކޮމްސީބީއެސް ނެޓްވޯކްސް ހިމެނޭއިރު ސްޓްރީމްކުރާ ފަރާތްތަކުގެ ތެރޭގައި އަލީބާބާ، އެމަޒން ޕްރައިމް ވީޑިއޯ، އެޕަލް، ފޭސްބުކް، އިންސްޓަގްރާމް، ޓްވިޓަރ، ޓްވިޗް، ޔާހޫ އަދި ޔޫޓިއުބް ހިމެނެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި ގްލޯބަލް ސިޓިޒަންގެ މި ޕްރޮޖެކްޓް އިންތިޒާމު ކުރަނީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާއެވެ.

"ވަން ވަރލްޑް: ޓުގެދަރ އެޓް ހޯމް" ހޯސްޓް ކުރާނީ އެމެރިކާގެ މަޝްހޫރު ލޭޓް ނައިޓް ޓޯކް ޝޯވ ތައް ހޯސްޓް ކުރާ ޖިމީ ފެލަން، ޖިމީ ކިމެލް އަދި ސްޓީވަން ކޯލްބެއަރއެވެ.

ގާގާގެ އިތުރުން މި ޚާއްޞަ ޝޯވގައި ފެނިގެންދާނެ ތަރިންގެ ތެރޭގައި އެލެނިސް މޮރިސެޓް، އަންޑްރޭ ބޮޗެލީ، ބިލީ އައިލިޝް، ގްރީން ޑޭގެ ބިލީ ޖޯ އާމްސްޓްރޯންގް، ކްރިސް މާޓިން، ޑޭވިޑް ބެކަމް، އެލްޓަން ޖޯން، އިޑްރިސް އާއި ސަބްރީނާ އެލްބާ، ޖޯން ލެޖެންޑް، ލިޒޯ، ޕޯލް މެކާޓްނީ، ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އަދި ސްޓީވީ ވޮންޑަރގެ އިތުރުން ޝާހް ރުކް ޚާން ވެސް ހިމެނެއެވެ.

މި ޝޯވ ބާއްވަން އަދި ދުވަސްކޮޅެއް އޮތް އިރު، ލޭޑީ ގާގާ ބުނީ އަދި އިތުރު ފަންނާނުން ބައިވެރިވުން ވެސް އެކަށީގެންވާކަމަށެވެ.

"ވަން ވަރލްޑް: ޓުގެދަރ އެޓް ހޯމް" ކެމްޕޭންއަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މާރޗް މަހު ފަށާފައިވާ ކެމްޕޭނެކެވެ. އަދި މި ކެމްޕޭނުގެ ދަށުން ގޭގައި ތިބެގެން ސޯޝަލް މީޑިއާ ބޭނުންކޮށްގެން ގިނަ އާޓިސްޓުންތަކެއް މިހާތަނަށް ޝޯވތައް ދީފައިވެއެވެ. އަދި މި ކެމްޕޭންގެ ދަށުން ލިބޭ ފައިސާތައް ދާނީ ޞިއްޙަތު ޖަމްޢިއްޔާގެ ކޮވިޑް-19 ސޮލިޑަރިޓީ ރެސްޕޮންސް ފަންޑަށެވެ.

ލޭޑީ ގާގާ ބުނީ ޝޯވ ކުރިއަށް ދާއިރު އެއްވެސް ޑޮނޭޝަނެއް ދޭން ނުޖެހޭނެކަމަށާއި، "އެ މަސައްކަތް ޝޯވގެ ކުރިން ނިންމާނަން"ކަމަށެވެ. އެގޮތުން ދުނިޔޭގައި ފާހަގަކޮށްލެވޭ ގިނަ ފަރާތްތަކާއި ކުންފުނިތަކަށް އޭނާ އަމިއްލައަށް ގުޅާ އެހީއަށް އެދެމުންދާކަން ފާހަގަކުރަމުން ގާގާ ބުނީ، މިހާތަނަށްވެސް ފަންޑަށް 35 މިލިއަން ޑޮލަރު ލިބިފައިވާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
93%
4%
4%
ކޮމެންޓް
8 އޭޕްރިލް 2020 | ބުދަ 20:08
އޮންލައިން ސޯ
އަދިވެސް އޮންލައިން މިއުޒުކު ސޯތަކާ އޮލައިން ޕާޓީ ތަކާ ބާއްވަންވީ. ރަމަޞާން މަސްކުރިމަތި ވާއިރު ޖަމާއަތުގައި ނަމާދުކޮށް ތަރާވީސް ނަމާދުކޮށްލެވޭނެ ކަމުގެ ޔަގީންކަން ވެސް ނެތް. މި ވަބާއިން ސަލާމަތްވޭތޯ ﷲ އަށް ދުޢާކޮށް ބަލަ އޮންލައިން ސޯނުބާއްވާ...