ހޯމަ 01 ޖޫން 2020
13 ރޯނު
1441 ޝައްވާލް 09
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:34
ކޮވިޑް-19

ކުޅުންތެރިންގެ އެއްބަސްވުމާ ގުޅޭ މައްސަލަތައް ފީފާއިން ހައްލުކޮށްދީފި

  • ކުޅުންތެރިންގެ އެއްބަސްވުން ހަމަވާނީ ފުޓްބޯޅަ ސީޒަން ނިމުމުން

ކ. މާލެ | 8 އޭޕްރިލް 2020 | ބުދަ 15:45 | 1,974

ފީފާ ހެޑްކުއާޓާސް - ގެޓީ އިމޭޖާސް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ހުއްޓިފައިވާ ލީގުތައް ދިގުލައިގެންދާއިރު، ކުޅުންތެރިންގެ އެއްބަސްވުމާއި މެދު އަމަލުކުރާނެ ގޮތެއް ފީފާއިން ކަނޑައަޅައިފި އެވެ.

ފުޓްބޯޅަ ކުޅުންތެރިންގެ އެއްބަސްވުންތައް ހަދާފައިވަނީ ފުޓްބޯޅަ ކަލަންޑަރަށް ބަލައިގެންނެވެ. އެ ގޮތުން ކޮންމެ އަހަރެއްގެ މެއި މަހު ފުޓްބޯޅަ ސީޒަން ނިމޭގޮތަށް އޮންނައިރު، ގިނަ ކުޅުންތެރިންގެ އެއްބަސްވުންތައް ހަދާފައިވަނީ ވެސް މެއި މަހުގެ ނިޔަލަށެވެ.

މިފަހަރުގެ ފުޓްބޯޅަ ސީޒަން ދިގުލައިގެންދާނެތީ، ކްލަބުތަކުގެ އެދުމުގެ މަތިން ފީފާއިން ވަނީ ކުޅުންތެރިންގެ އެއްބަސްވުންތަކާ ގުޅޭ މައްސަލަތައް ހައްލުކޮށްދީފައެވެ. އެގޮތުން ފީފާއިން ނިންމާފައިވަނީ މި ސީޒަން ނިމެންދެން ކޮންމެ ކުޅުންތެރިއެއްގެ އެއްބަސްވުންވެސް ދެމި އޮންނަ ގޮތަށެވެ.

ފީފާއިން މިގޮތަށް ނިންމިއިރު، މީގެ ކުރިން ލިވަޕޫލްގެ މިޑްފީލްޑަރު އެޑަމް ލަލާނާ އާއި ޗެލްސީގެ ފޯވާޑް ވިލިއަން ވަނީ އެއްބަސްވުން ހަމަވި ނަމަވެސް، ސީޒަން ނިމެންދެން ކްލަބުގައި މަޑުކުރަން ނިންމާފައެވެ.

ފީފާގެ މި ނިންމުމާއެކު ޖުލައި މަހު އެއްވަނަ ދުވަހު ޓީމުތަކަށް ބަދަލުވާން ކުރިއާލާ ވެފައިވާ އެއްބަސްވުންތަކަށްވެސް ބަދަލު އަންނާނެ އެވެ. އެހެންކަމުން އެ ކުޅުންތެރިންނަށް ވެސް އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރެވޭނީ ސީޒަން ނިމުމުންނެވެ. ފީފާއިން މިގޮތަށް އަމަލުކުރަން ނިންމިއިރު، ޖުލައި މަހުގެ އެއްވަނަ ދުވަހު ޗެލްސީ އަށް ބަދަލުވަން އަޔަކްސްގެ މިޑްފީލްޑަރު ހަކީމް ޒިޔެޗް ވަނީ އެއްބަސްވެފައެވެ. އެކަމަކު ދެން އޭނާއަށް ރަސްމީ އެއްބަސްވުމުގައި ސޮއިކުރެވޭނީ ނެދަލެންޑްސްގެ ފުޓްބޯޅަ ސީޒަނާއި އިންގްލެންޑްގެ ފުޓްބޯޅަ ސީޒަން ނިމުމުންނެވެ.

މީގެ އިތުރުން ފީފާ އިން ވަނީ ޓްރާންސްފާ ބާޒާރުގެ މުއްދަތު ވެސް އަންނަ ސީޒަން ފެށުމާ ހަމައަށް އިތުރުކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، މިކަމުގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ކްލަބުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބައެއް ކްލަބުތަކުން ވަނީ ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.