ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 13:41
ކްލަސިކޯގެ މެޗެއްގެ ތެރެއިން
ކްލަސިކޯގެ މެޗެއްގެ ތެރެއިން
ގެޓީ އިމޭޖަސް
ކޮވިޑް-19
ކްލަސިކޯގެ ހާއްސަ މެޗެއް ބާއްވަން ގޮވާލައިފި
 
ކްލަސިކޯގެ މެޗުތަކުން ބާސާ އަދި ރެއާލުން އަންނަނީ ބޮޑު އާމްދަނީ އެއް ހޯދަމުން

ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ގެއްލުން ލިބިފައިވާ އާއިލާތަކަށް އެހީތެރިވުމަށް، ފަންޑްރައިސް އިވެންޓެއްގެ ގޮތުގައި އެލް ކްލަސިކޯގެ ހާއްސަ މެޗެއް ބާއްވަން ސްޕެއިންގެ ކުރީގެ ގޯލްކީޕަރު އިކާ ކަސިއަސް ގޮވާލައިފި އެވެ.

ސްޕެއިންގެ ވާދަވެރި ދެ ކްލަބްކަމަށްވާ ބާސެލޯނާ އަދި ރެއާލް މެޑްރިޑްގެ ކުރިމަތިލުންތަކަކީ ގިނަ އަދަދެއްގެ ސަޕޯޓަރުން އެ މެޗަކަށް އިންތިޒާރު ކުރަމުން އަންނަ މެޗެކެވެ. އަދި މި މެޗަކީ އެންމެ އަގު ބޮޑުކޮށް ޓީވީ ރައިޓްސް ވިއްކަމުން ގެންދާ މެޗެވެ.

ރެއާލް މެޑްރިޑް އަދި ސްޕެއިންގެ ގޯލު ގިނަ ދުވަސްތަކެއް ވަންދެން ބެލެހެއްޓި ގޯލްކީޕަރު ކަސިއަސް ބުނީ ކޮވިޑް-19 އާންމު ހާލަތަކަށް އެޅުމުން ވައިރަސްގެ ސަބަބުން ގެއްލުން ލިބުނު އާއިލާތަކަށް އެހީވުމުގެ ގޮތުން ކްލަސިކޯގެ ހާއްސަ މެޗެއް ބާއްވަން ރާވަންޖެހޭ ކަމަށާއި، އެ މެޗުގައި ކުޅޭނީ ކުރިން ރެއާލް އަދި ބާސާ އަށް ކުޅުނު ކުޅުންތެރިން ކަމަށެވެ. އަދި މި މެޗުން ލިބޭ ފައިސާ ޑަބްލިއުއެޗްއޯ، ޔުނިސެފް އަދި ފަންޑްރައިސިން ކުންފިނިތަކަށް ހަވާލުކުރެވޭ ގޮތެއް އިންތިޒާމުކުރެވޭނެ ކަމަށްވެސް ކަސިއަސް ބުންޏެވެ.

ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެގޮތުން ޔޫރަޕުގެ އެންމެ މަޤުބޫލު ފަސް ލީގުގެ ކުޅުން ވަނީ މެދުކަނދާލާފައެވެ. އެއީ އިނގިރޭސި ޕްރިމިއަރ ލީގާއި، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގާއި، ފްރެންޗް ލީގުގެ އިތުރުން ޖަރުމަން ލީގެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ މެޗުތައް ވެސް ވަނީ ހުއްޓާލާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް