ބުދަ 03 ޖޫން 2020
01 މިއަހެލި
1441 ޝައްވާލް 11
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:16
އިޝާ 19:34
ރޮނާލްޑީނިއޯ

ކަފާލާތުގެ ދަށުން ރޮނާލްޑީނިއޯ ދޫކޮށްލައިފި

  • ރޮނާލްޑީނިއޯ ހައްޔަރުކޮށްފައިވަނީ ފޭކް ޕާސްޕޯޓަކާއި އެކު ޕެރެގުއޭއަށް އެތެރެވާން އުޅުނު މައްސަލައިގައި
  • ޖަލުން ބަންދުން ދޫކޮށްލިނަމަވެސް މައްސަލަ ނިމެންދެން ތިބެން ޖެހޭނީ ގޭ ބަންދުގައި

ކ. މާލެ | 8 އޭޕްރިލް 2020 | ބުދަ 12:58 | 12,091

ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯ - ގެޓީ އިމޭޖާސް

ބާސެލޯނާ އަދި ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯ ކަފާލާތުގެ ދަށުން ޕެރެގުއޭގެ ޖަލުން ދޫކޮށްލައިފިއެވެ.

ޕެރެގުއޭއިން ރޮނާލްޑީނިއޯ ހައްޔަރުކޮށްފައިވަނީ ފޭކް ޕާސްޕޯޓަކާއިއެކު އެގައުމަށް އެތެރެވާން އުޅުމުންނެވެ. މި މައްސަލައިގައި ރޮނާލްޑީނިއޯގެ އިތުރުން އޭނާގެ ބޭބެ ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ރޮނާލްޑީނިއޯ އަދި އޭނާގެ ބޭބެ ރޮބާޓޯ އަސިސް ކަފާލާތުގެ ދަށުން ޖަލުން ބަންދުން ދޫކޮށްލިނަމަވެސް މައްސަލަ ނިމެންދެން ތިބެން ޖެހޭނީ ގޭ ބަންދުގައެވެ.

ކަފާލާތުގެ ދަށުން ރޮނާލްޑީނިއޯ އަދި އޭނާގެ ބޭބެ ދޫކޮށްލަން ކޯޓުން ނިންމީ 1.6 މިލިއަން ޑޮލަރު ދިނުމަށް ރޮނާލްޑީނިއޯ ހުށަހެޅުމުންނެވެ.

ޖަލުގައި ހުރި ދުވަސްތަކުގައި ރޮނާލްޑީނިއޯ ވަނީ ޕެރެގުއޭ ޖަލުގައި ބޭއްވި ފުޓްސަލް މުބާރާތުގައި ބައިވެރިވެ އޭނާގެ ޓީމަށް ޗެމްޕިއަންކަން ހޯދައިދީފައެވެ. އެ މެޗުން އޭނާގެ ޓީމު 2-11 ގެ ނަތީޖާއަކުން މޮޅުވިއިރު، ރޮނާލްޑީނިއޯ ވަނީ އެމެޗުގައި ކުޅެން އަރާ 5 ލަނޑު އެޓީމަށް ކާމިޔާބުކޮށް 6 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

ރޮނާލްޑީނިއޯ އަކީ ބްރެޒިލް އިން 2002 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ތަށި އުފުލާލިއިރު އޭރުގެ ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. އަދި ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ ވަނީ ދެ ފަހަރު ހޯދައިފައެވެ. މީގެ އިތުރުން ރޮނާލްޑީނިއޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.