ބުދަ 03 ޖޫން 2020
01 މިއަހެލި
1441 ޝައްވާލް 11
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:16
އިޝާ 19:34
ތައުޒިޔާ ވިދާޅުވުން

ނުޢުމާނު އަވަހާރަވުމާއި ގުޅިގެން ޢާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

  • ނުއުމާން އަވަހާރަވީ އިންޑިއާގައި ފަރުވާ ހޯދަވަމުންގެންދަވަނިކޮށް
  • ރައީސް ވަނީ އާއިލާއަށް ފޯނުން ގުޅުއްވައި ތައުޒިޔާ ވިދާޅުވެފައި
  • ރައީސް ވަނީ ނުއުމާން ސަރުކާރަށް ކޮށްދެއްވާފައިވާ ހިދުމަތްތައް ފާހަގަކުރައްވާފައި

ކ. މާލެ | 8 އޭޕްރިލް 2020 | ބުދަ 13:04 | 4,332

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން މަގާމަށް އައްޔަން ކުރެއްވި ދުވަހު ރައީސް ސޯލިހު ފަތްކޮޅު ހަވާލުކޮށްދެއްވަނީ - ރައީސް އޮފީސް

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަޙްމަދު ނުޢުމާން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވީ، ނުޢުމާން އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން އެ ޢާއިލާއާ ފޯނުން ގުޅުއްވަ އެވެ.

އެ ފޯނު ކޯލުގައި ރައީސް ސޯލިހު ވަނީ މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ، ނުޢުމާން މި ސަރުކާރަށް އަދި ޚާއްޞަކޮށް ކަސްޓަމްސްއަށް ކޮށްދެއްވާފައިވާ އިޚްލާޞްތެރި ޚިދުމަތްތައް ފާހަގަކުރައްވާފަ އެވެ. އަދި މަރުޙޫމްގެ ފުރާނައަށް މާތްﷲ ތަނަވަސް ރަޙްމަތް މިންވަރު ކުރައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށާއި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށް ވިދާޅުވިއެވެ.

ނުޢުމާން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، ރޭ އިރާކޮޅުގެ ވަގުތެއްގައި އިންޑިޔާގެ ބެންގަލޫރު ގައެވެ. އަވަހާރަވިއިރު ޢުމުރަކީ 47 އަހަރެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް މިނިސްޓަރު ފެންވަރުގައި ނުޢުމާން ޢައްޔަން ކުރެއްވީ 2018 ޑިސެންބަރު 11 ގައެވެ. އައްޑުއަތޮޅު ހިތަދުއަށް އުފަން ނުޢުމާނަކީ، މީގެ ކުރިންވެސް ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ނުޢުމާނު ސަރުކާރުގެ ޚިދުމަތް ފުރަތަމަ ފަށްޓަވާފައިވަނީ 29 ޖޫން 1991 ގައެވެ. އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ރޭޑިޔޯ ޓެކްނީޝަންގެ މަގާމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ އެސިސްޓެންޓް ޑިރެކްޓަރުކަން ހިމެނެއެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޗެއަރމަންގެ މަގާމުވެސް ނުޢުމާން ފުރުއްވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.