ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 12:51
އިކުއެޑޯ ގެ ކުރީގެ ރައީސް ރަފައެލް ކޮރޭއާ
އިކުއެޑޯ ގެ ކުރީގެ ރައީސް ރަފައެލް ކޮރޭއާ
އޭއެފްޕީ
އިކުއެޑޯގެ ކޮރަޕްޝަން މައްސަލަ
ކޮރަޕްޝަންގެ ކުށް ސާބިތުވެ، އިކުއެޑޯ ގެ ކުރީގެ ރައީސް 8 އަހަރަށް ޖަލަށް
 
ކޮރޭއާ ހިމެނޭގޮތަށް 18 މީހެއްގެ މައްޗަށް ވަނީ މި މައްސަލަ ސާބިތުވެފައި
 
ކޮރޭއާ ވަނީ މިއީ ސިޔާސީ ގޮތުން ކުރެވުނު ހުކުމެއް ކަމަށް ވިދާޅުވެފައި
 
ސާބިތުވީ ކެމްޕެއިނަށް ފަނޑު ކުރަން ވިޔަފާރިވެރިން އަތުން ފައިސާ ނެންގެވި މައްސަލަ

އިކުއެޑޯގެ ކުރީގެ ރައީސް ރަފައެލް ކޮރޭއާގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، 8 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ދިހަ އަހަރު އިކުއޭޑޯގެ ވެރިކަން ކުރެއްވި ކޮރޭއާގެ މައްޗަށް 8 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާކަން ހާމަކޮށްފައިވަނީ އަންގާރަ ދުވަހު، އެގައުމުގެ އެޓަރނީ ޖެނެރަލްގެ އޮފީހުންނެވެ. ކޮރޭއާގެ މައްޗަށް ހުކުމް ކޮށްފައިވަނީ، ގައިރު ހާޒިރުގައެވެ. އަމިއްލަފުޅަށް އަރުވާލެވިގެން ކޮރޭއާ ދިރިއުޅުއްވަނީ ބެލްޖިއަމް ގައެވެ.

ހުކުމް އިއްވެވުމާ ގުޅިގެން ކޮރޭއާ ވަނީ އެ ގައުމުގެ ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި މިއީ ސިޔާސީ ހުކުމެއް ކަމަށާއި ދައުވާ ސާބިތުވާ ވަރުގެ އެއްވެސް ހެއްކެއް ދެއްކިފައި ނުވާ ކަމަށް ވިދާޅުވި އެވެ. އަދި ބައިނަލްއަގުވާމީ ކޯޓެއްގައި މި މައްސަލަ އިސްތިއުނާފު ކޮށްފިނަމަ، ދައުވާ ސާބިތުނުވާނެ ކަމަށް ވިދާޅުވި އެވެ.

ކޮރޭއާގެ މައްޗަށް ސާބިތުވެފައިވަނީ 2013 ވަނަ އަހަރުގެ އިންތިހާބު ފަނޑުކުރުމުގެ ގޮތުން، ދައުލަތުން ހިންގާ މަޝްރޫއުތަކާއި އެހެނިހެން މަސައްކަތްތަކުގެ ކޮންޓްރެކްޓް ދޭން އެއްބަސްވެވަޑައިގެން އަމިއްލަ ވިޔަފާރިތަކުން ފައިސާ ނެންގެވި މައްސަލަ އެވެ.

ކޮރޭއާ ގެ އިތުރުން، އޭރުގެ ނައިބު ރައީސް ޖޯރޖް ގްލާސް ހިމެނޭގޮތަށް 17 މީހެއްގެ މައްޗަށް ވަނީ މި ދައުވާ ސާބިތުވެފައެވެ. ހުކުމުގެ އިތުރަށް، 25 އަހަރު ދުވަހުގެ މުއްދަތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން މަނާކުރުމަށް ވެސް ހުކުމް ސާބިތުވީ ބޭފުޅުންނަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް
8 އޭޕްރިލް 2020 | ބުދަ 22:38
އާދަނުބެ
ޔާމީނުގެ މައްޗަށްވެސް ކުރީ ތިކަހަލަ ހުކުމެއް. ނަސީދުގެ މައްޗަށްވެސް ހުކުމެއް ކުރަންފެނޭ