ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 07:37
ސައުދިއަރަބިޔާ: ރައްކާތެރިކަމުގެ ގޮތުން ބަޔަކު މާސްކު އަޅައިގެން
ސައުދިއަރަބިޔާ: ރައްކާތެރިކަމުގެ ގޮތުން ބަޔަކު މާސްކު އަޅައިގެން
މިޑްލްއީސްޓްއައި
ކޮވިޑް-19
ސައުދީގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދެ ލައްކަ އަށް އަރާނެ: ހެލްތު މިނިސްޓަރ
 
ހައްޖުގެ އިންތިޒާމްތައް މަޑު ޖައްސާލަން ވަނީ އިލްތިމާސް ކޮށްފައި
 
ބޮޑެތި ގިނަ ސިޓީތަކެއް ވަނީ ބަންދުކޮށްފައި

ކުރިޔަށް އޮތް ހަފްތާގައި، ސައުދީ އަރަބިޔާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދެ ލައްކައަށް އަރާފާނެކަމަށް ވިދާޅުވެ، ސައުދީ ހެލްތް މިނިސްޓަރު އިންޒާރު ދެއްވައިފިއެވެ.

އަންގާރަ ދުވަހާ ހަމަޔަށް ސައުދީގައި ކޮވިޑް-19 ގެ 2،795 ކޭސް އެއް ވަނީ ރެޖިސްޓަރ ކޮށްފައެވެ. އަދި ބަލި ޖެހިގެން 41 މީހަކު ވަނީ މަރުވެފައެވެ. ހެލްތް މިނިސްޓަރު ތައުފީގް އަލް-ރަބިއަހްއާ ވިދާޅުވީ، ދިރާސާތަކުން ދައްކާ ގޮތުން ކުރިޔަށް އޮތް ހަފްތާގައި ބަލިޖެހޭ މީހުންގެ އަދަދު 10،000 އާ ދެ ލައްކައާ ދެމެދުގެ އަދަދަކަށްއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހޯމަ ދުވަހު ސައުދީގެ ނުވަ ސަރަހައްދެއްގައި 24 ގަޑިއިރު ކާފިޔު ހިންގަން ވަނީ ނިންމާފައެވެ. ވެރިރަށް ރިޔާދު ހިމެނޭ ގޮތަށް ބޮޑެތި ގިނަ ސިޓީތަކެއް ލޮކްޑައުން ކޮށްފައިވާ ކަމަށް އިންޓީރިޔާ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން އުމްރާގެ އަޅުކަމަށް މީހުން އައުން މަނާކުރުމުގެ އިތުރުން ސައުދީން ވަނީ ވައިގެ ބަނދަރު ބަންދުކޮށް މައްކާގެ އިތުރުން މަދީނާއަށް ވަދެވޭ މަގުތައް ބޮލްކް ކޮށްފައެވެ. ކޮވިޑް-19 ގެ ކަންތައްތައް ހަމަޔަކަށް އެޅެންދެން މި ވަގުތު ހައްޖަށްދާން ރާވަމުންދާ ފަރާތްތަކުން އެކަން މަޑުޖައްސާލަން ސައުދީއަރަބިއްޔާގެ ހައްޖު އަދި އުމްރާ މިނިސްޓަރު ވަނީ މީގެ ކުރިން އިލްތިމާސްކުރައްވާފައެވެ.

ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އިގްތިސާދީ ރިފޯމް އެޖެންޑާގެ ދަށުން ހައްޖުގެ އަޅުކަމަށްދާ ފަރާތްތަކުން ސައުދީގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކޮންމެ އަހަރަކުވެސް ވަމުން އަންނަ ކަމެކެވެ. ހައްޖުގެ އަޅުކަމަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ މުސްލިމުން އަންނައިރު، އޭގެ ސަބަބުން ސައުދީގެ އިގްތިސާދަށް އަހަރަކަށްވުރެ އަހަރެއް ލިބޭ އާމްދަނީ އަންނަނީ ބޮޑުވަމުންނެވެ.

ހައްޖުގެ އަޅުކަން މަޑުޖައްސާލައިފިނަމަ، އެކަން ވެގެންދާނީ މި ފަހުގެ ތާރީހެއްގައި ހައްޖުގެ އަޅުކަން މަޑުޖައްސާލާ ފުރަތަމަ ފަހަރަށެވެ. މީގެ ކުރިން ހަލުވިކަމާއި އެކު އެބޯލާގެ ނުރައްކާ ބަލިމަޑުކަން ފެތުރުނުއިރުވެސް އެފަދަ ނިންމުންތަކެއް ސައުދީ ސަރުކާރުން ނިންމާފައެއް ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
67%
33%
0%
0%
ކޮމެންޓް