ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 01:01
ކޮރޯނާވައިރަސްއަށް ފަރުވާ ދިނުމަށް ހައިޑްރޮކްސިކްލޮރޯކުއިން އަންނަނީ ބޭނުން ކުރަމުން
ކޮރޯނާވައިރަސްއަށް ފަރުވާ ދިނުމަށް ހައިޑްރޮކްސިކްލޮރޯކުއިން އަންނަނީ ބޭނުން ކުރަމުން
އޭޕީ
ކޮވިޑް-19 ގެ ފަރުވާ
ކޮރޯނާވައިރަސްއަށް ފަރުވާ ދިނުމަށް ހައިޑްރޮކްސިކްލޮރޯކުއިން އިންޑިއާ އިން ބޭރު ކުރަން ހުއްދަ ދެނީ
 
ދުނިޔޭގައި އުފައްދާ މި ބާވަތުގެ ބޭހުގެ 70 އިން ސައްތަ އުފައްދަނީ އިންޑިއާގައި

މެލޭރިއާ ބައްޔަށް ދޭ ފަރުވާގެ ގޮތުގައި ބޭނުންކުރާ ގުޅަ ބޭހެއް ކަމުގައިވާ ހައިޑްރޮކްސިކްލޮރޯކުއިން ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުން ކުރުން އިތުރުވަމުންދާތީ، ބޭރު ކުރުން މަނާ ބޭސްތަކުގެ ލިސްޓުން މި ބޭސް އުނިކުރާނެ ކަމަށް އިންޑިއާ އިން ބުނެފިއެވެ.

އިންޑިއާއިން އެކްސްޕޯޓު ކުރުން މަނާ ބޭހުގެ ލިސްޓުގައި މި ބޭސް ހިމަނާފައިވަނިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޑިއާ އިން ގިނަ އަދަދަކަށް މިބޭސް ހޯއްދަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.

އެއާއެކު، އަންގާރަ ދުވަހު އިންޑިއާއިން ވަނީ ހައިޑްރޮކްސިކްލޮރޯކުއިން ބޭރު ކުރުން މަނާ ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނާނޭ ކަމަށް ބުނެފައެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި، ހައިޑްރޮކްސިކްލޮރޯކުއިން އުފެއްދުން އެތައް ގުނައެއް މައްޗަށް ޖެއްސުމުގެ ގާބިލްކަން އިންޑިއާގައި އެބަހުއްޓެވެ.

އިންޑިއާގެ ފާމަސޫޓިކަލް އެލަޔަންސްގެ ސެކްރެޓަރީ ޖެނެރަލް ސުދާޝަން ޖައިން އާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ ދުނިޔޭގައި އުފައްދާ ހައިޑްރޮކްސިކްލޮރޯކުއިންގެ 70 އިން ސައްތަ އުފައްދަނީ އިންޑިއާގައި ކަމަށެވެ.

މި ނޫހުގައި ބުނެފައިވާ ގޮތުގައި މަހަކު 40 ޓަނުގެ ހައިޑްރޮކްސިކްލޮރޯކުއިން އުފެއްދުމުގެ ގާބިލްކަން އިންޑިއާގައި އެބަހުއްޓެވެ.

ގިނަ އަދަދަކަށް އިންޑިއާގައި ހައިޑްރޮކްސިކްލޮރޯކުއިން އުފެއްދި ނަމަވެސް ބޭސް އުފެއްދުމަށް ބޭނުންވާ އެކްޓިވް އިންގްރީޑިއަންޑްސް އިންޑިއާ އަށް ލިބެނީ ޗައިނާ އިންކަން ފާހަގަ ކުރެވެއެވެ.

މެލޭރިއާ ބައްޔަކީ ޔޫރަޕް އަދި އެމެރިކާގައި އުޅޭކަމަށް ފާހަގަ ވެފައިވާ ބައްޔަކަށް ނުވުމާއެކު އެމެރިކާގައި އަދި ޔޫފަޕްގައި މި ބޭސް ނުއުފައްދައެވެ.

ހައިޑްރޮކްސިކްލޮރޯކުއިން އަކީ ކޮވިޑް-19 އާއްމުވުމާ ހަމައަށް އަގު ހެޔޮކޮށް ފަސޭހައިން އިންޑިއާ އިން ލިބެން ހުންނަ ބޭހެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ބޭހެކެވެ.

އެހެން ނަމަވެސް ކޮރޯނާވައިރަސް ބައްޔަށް ހައިޑްރޮކްސިކްލޮރޯކުއިން ދޭން ފެށުމާއެކު، މި ބޭސް ވަނީ އިންޑިއާގައި ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށް އެކްސްޕޯޓު ކުރުން މަނާކޮށްފައެވެ.

އިންޑިއާއިން މި ބޭސް ދޫނުކުރާނަމަ އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ވިދާޅުވި ބަސްފުޅާ ގުޅިގެން، އިންޑިއާގެ އޮފިޝަލަކާ ހަވާލާދީ، ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ، އެތެރޭގެ ބޭނުންތަކަށާއި ސްޓޮކް ހުރި ވަރެއް ބެލުމަށްފަހު އިންޑިއާ އިން މި ބޭސް އެކްސްޕޯޓު ކުރުމުގެ ހުއްދަ ދެވިދާނެ ކަމަށެވެ.

ހައިޑްރޮކްސިކްލޮރޯކުއިންގެ ޑިމާންޑް ދުނިޔޭގައި ބޮޑުވަމުން ދާއިރު، އިންޑިއާގެ ކައުންސިލް އޮފް މެޑިކަލް ރިސާޗް އިން ވެސް ވަނީ މި ބޭސް ކޮވިޑް-19 ގެ ފަރުވާ އެއްގެ ގޮތުން ބޭނުން ކުރުން ރަނގަޅު ބޭހެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ހައިޑްރޮކްސިކްލޮރޯކުއިން އެކްސްޕޯޓު ކުރުން އިންޑިއާ އިން މަނާކުރީ މާޗުމަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
67%
8%
8%
0%
17%
ކޮމެންޓް