ބުދަ 03 ޖޫން 2020
01 މިއަހެލި
1441 ޝައްވާލް 11
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:16
އިޝާ 19:34
އަހުމަދު ނުއުމާން

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ނުއުމާން ނިޔާވެއްޖެ

  • ނުއުމާން ނިޔާވީ އިންޑިއާގައި ފަރުވާ ހޯދަވަމުންގެންދަވަނިކޮށް

ކ. މާލެ | 7 އޭޕްރިލް 2020 | އަންގާރަ 22:57 | 10,352

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން މަގާމަށް އައްޔަން ކުރެއްވި ދުވަހު ރައީސް ސޯލިހު ފަތްކޮޅު ހަވާލުކޮށްދެއްވަނީ - މުހައްމަދު ޝަރުހާން

ކޮމިޝަނަަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ނުއުމާން ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވަ ގޮތުގައި ނުއުމާން ހުންނެވީ އިންޑިއާގައި އެވެ. ނުއުމާން، އިންޑިއާގައި ހުންނެވީ ސިއްހީ އާލާސްކަންފުޅަކަށް ފަރުވާ ހޯދެވުމަށެވެ.

ނުއުމާންއަކީ އަދާލަތު ޕާޓީގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޓީގެ ރައީސެވެ.

ނުއުމާން ކަސްޓަމްސްގެ ވެރިއަކަށް ހަމަޖައްސަވާފައިވަނީ 11 ޑިސެންބަރު 2018 ގައެވެ. ކަސްޓަމްސްއާއި ހަވާލުވެވަޑައިގެން، އެ އިދާރާގެ މަސައްކަތްތަށް ރައްޔިތުންގެ އިތުބާރު ހޯދައި، ރައްޔިތުންނާއި ގާތުން ހިދުމަތްތަށް ދެއްވުމަށް ނުއުމާން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

އޭނާ ވަނީ ފެނަކަ އުފެއްދިއިރު އެ ކުންފުނީގެ ޗެއަރމަންގެ މަޤާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް ކުރިން މަސައްކަތް ކުރައްވާފައެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ނުއުމާން ވަނީ ސެޓްލްކޯއިން ހޯދި ބޮޑެތި ކުރިއެރުންތަކުގައިވެސް ހަރަކާތްތެރިވެ، އެކަންކަމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފަ އެވެ. އަދި ސްޓެލްކޯގެ އިދާރީ ގިނަ ކަންކަމާއިި، މުވައްޒިފުންނާއި ގުޅެ ގިނަ ކަންކަމުގައިވެސް ނުއުމާން ބައިވެރިވެވަޑައިގެން މ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.