ކ. މާލެ
|
7 އޭޕްރިލް 2020 | އަންގާރަ 21:36
ޓީސީ ޓީމު ލަންކާ އެއާޕޯޓްގައި
ޓީސީ ޓީމު ލަންކާ އެއާޕޯޓްގައި
ޓްވިޓަރ
ކޮވިޑް-19
"ކަރަންޓީނުގައި ތިބި ޓީސީގެ ވަކިވަކި ފަރުދުންގެ ވިސްނުން އެއީ ޓީސީގެ ވިސްނުމެއް އަދި ވާހަކަތަކެއް ނޫން"
 
ޓީސީން ކަރަންޓީނުގެ މުއްދަތު ހަމަކުރަމުން ގެންދަނީ ރ. ފުރަވެރި ރިސޯޓުގެ ކަރަންޓީނު ފެސިލިޓީގައި

އޭއެފްސީ ކަޕްގައި ވާދަކުރަން ބަންގްލަދޭޝްއަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ސްރީލަންކާގައި ކަރަންޓީނު ކުރުމަށްފަހު، ރާއްޖެ ގެނަސް މާލޭގައި ކަރަންޓީނު ކުރުމާއި ގުޅިގެން އެކްލަބުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ސޯޝަލް މީޑިއާގައި ފާޅުކުރި އިހުސާސްތަކާއި ވާހަކަތަކަކީ ޓީސީގެ ވިސްނުމެއް އަދި ވާހަކަތަކެއް ނޫން ކަމަށް އެ ކްލަބުން ބުނެފިއެވެ.

ޓީސީ ސްޕޯޓްސް ކްލަބުން އަންގާރަ ދުވަހު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން ސްރީލަންކާގެ ކޮލަމްބޯގައި ކަރަންޓީނުވާން ނިންމީ ދިވެހި ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި ހާލަތަށް ވިސްނުމަށްފަހު ކަމަށެވެ. އަދި ލަންކާގައި 14 ދުވަހުގެ ކަރަންޓީނުގެ އިތުރުން 10 ދުވަހުގެ މުއްދަތެއް ހޭދަކުރުމަށްފަހު ރާއްޖެ އައިސް އިތުރު 14 ދުވަހަށް ކަރަންޓީނުވާން ނިންމީވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނުމަށްފަހުގައި ކަމަށެވެ.

ޓީސީގެ ބަޔާނުގައި އިތުރަށް ބުނީ ކަރަންޓީނު ފެސިލިޓީގައި މިހާރު ތިބި ޓީސީގެ ވަކިވަކި ފަރުދުންގެ އިހުސާސްތަކަކީ ޓީސީގެ ވިސްނުމެއް އަދި ވާހަކަތަކެއް ނޫން ކަމަށެވެ. ޓީސީން އިތުރަށް ބުނީ އާއިލާއާއި ދުރުގައި ބޭރު ގައުމެއްގައި 24 ދުވަސް ހޭދަކޮށްފައިވާ ޓީސީ ޓީމުގެ ބައެއް މެމްބަރުންގެ ވިސްނުން ހުންނަގޮތް މިފަދަ ތަކުލީފެއް އުފުލައިފައިނުވާ މީހުންގެ ވިސްނުމާއި ތަފާތުވާނެ ކަމަށެވެ.

ޓީސީން ވަނީ މިދަނޑިވަޅުގައި އެޓީމަށް އެހީވަމުން ގެންދަވާ ކަމަށްޓަކައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލަށާއި ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފަށާއި ސަރުކާރަށް ޝުކުރުއަދާ ކޮށްފައެވެ.

ޓީސީ ޓީމު އާދީއްތަ ދުވަހުގެރޭ ރާއްޖެ ގެނައީ، ރާއްޖެ ނާދެވިފައި ތިބި ދިވެހިންން ގެނައުމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ކުރި ހާއްސަ ދަތުރުގައެވެ. ޓީސީއިން ކަރަންޓީނުގެ މުއްދަތު ހަމަކުރަމުން ގެންދަނީ ރ. ފުރަވެރި ރިސޯޓުގެ ކަރަންޓީނު ފެސިލިޓީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
33%
0%
67%
0%
ކޮމެންޓް
9 އޭޕްރިލް 2020 | ބުރާސްފަތި 08:35
ާމެސސި
Bala kon kon dhivehi rayyithunge baehge key moyaakah mikahalަ vaguthegga kehterikan hunnan jeheyne jareemaa ެެ kiyaafaި halhey lavanު ladhugannanjehey y