ކ. މާލެ
|
7 އޭޕްރިލް 2020 | އަންގާރަ 19:53
ބޮޑުފުށި (ކ) އަދި ޖޯލި މޯލްޑިވްސް (ވ)
ބޮޑުފުށި (ކ) އަދި ޖޯލި މޯލްޑިވްސް (ވ)
ސޯޝަލް މީޑިއާ
ކޮވިޑް-19
ކޮވިޑް-19: ފުރައިގެން ދިޔަ ފަހުން ކޮވިޑްއަށް މީހަކު ޕޮޒިޓިވްވެގެން 2 ރިސޯޓެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި
 
ރާއްޖެއިން ފުރައިގެން ދިޔަފަހުން ޕޮޒިޓިވްވީ ކޮން ގައުމެއްގެ މީހެއްކަމެއް ހާމަކޮށްފައެއް ނުވޭ

ރާއްޖެއަށް އައި ބިދޭސީ މީހަކު އަނބުރާ ޤައުމަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ރާއްޖޭގެ ދެ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެމީހާ ޖޯލި މޯލްޑިވްސް އަދި ރާ ބޮޑުފުށި މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގ ނިމެންދެން އެ ދެ ރަށް އޮންނާނީ މޮނިޓަރިންގެ ހާލަތުގައި ކަމަށެވެ.

ޖޯލި މޯލްޑިވްސް އަކީ ރ. އަތޮޅު މުރަވަންދޫގައި ހިންގަމުން އަންނަ ރިސޯޓެކެވެ. އަދި ރ. ބޮޑުފުއްޓަކީ ވެސް އެ އަތޮޅުގައި ރިސޯޓް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެކެވެ.

މި ދެ ރިސޯޓުގައި ބިދޭސީ މީހަކު ދުވަސްތަކެއް ހޭދަކުރުމަށްފަހު ޤައުމަށް އަނބުރާ ދިއުމަށްފަހު ޕޮޒިޓިވްވެފައިވަނީ ކޮން ޤައުމެއްގެ މީހެއް ކަމެއް އެޗްޕީއޭއިން ހަމަކޮށްފައި ނުވެއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް 19 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 13 މީހަކު ރަނގަޅުވެފައިވާ އިރު، މިހާރު ރާއްޖޭގައި ފަރުވާ ދެމުންދަނީ 4 ދިވެއްސަކަށެވެ. އިތުރު 2 މީހަކު ވަނީ ފުރައިގެން ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
10%
0%
60%
30%
0%
0%
ކޮމެންޓް