ކ. މާލެ
|
7 އޭޕްރިލް 2020 | އަންގާރަ 19:51
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ރައްޔިތުންގެ މަޖިލިސް/ ރައީސް ނަޝީދު
ރައްޔިތުންނަށްވާ ދަތިތަކުގައި "ވީހާލެއްގައި ވާން" މިހުރީ ތައްޔާރަށް: ރައީސް ނަޝީދު
 
އިންތިހާބު ފަސްކުރުމުގެ މައްސަލާގައި މަޖިލީހަށް ހައްލެއް ހޯދައިދެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި
 
ހޯމަ ދުވަހާއި އަންގާރަ ދުވަހު މަޖިލީހުގައި ކުރެވުނީ ބޭނުންތެރި ބަހުސެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި
 
އިގްތިޞާދީ ގޮތުން އޮތީ ދަތި އުނދަގޫ ދުވަސްތަކެއް

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތަކުގައި، "ވީހާލެއްގައިވާން" ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާ ނިންމާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން އިޤުތިޞާދީ ގޮތުން ކުރިއަށް އޮތީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށާއި ނަމަވެސް "ވީހާލެއްގައިވާން" ރައްޔިތުންނާއެކު ހުންނަވާނެ ކަމަށެވެ.

"ޔަޤީންކޮށް އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ވީހާލެއްގައި އަޅުގަނޑުމެން ވެސް ވާނަމޭ. ރާއްޖޭގެ ރައްޔިތުންނަށް ވީހާލެއްގައި ހަމަގައިމުވެސް އަޅުގަނޑު ވާން މިހުރީ ތައްޔާރަށް. އަޅުގަނޑެއް ތިބޭފުންނާއި ދުރަކަށް ވެސް ނުޖެހޭނަން. ތިބޭފުންނަށް ނުފެންނަ ތަނަކަށް ވެސް އިރާދަކުރެއްވިއްޔާ ނުދާނަން" ނަޝީދު ވިދާޅުވިއެވެ.

ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގެ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ މިދަނޑިވަޅުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އެއްވެސް އިޞްލާޙެއް ގެނައުމާމެދު މަޝްވަރާކުރެއްވުން

މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ވެސް ކުރިއަށް ގެންދެވީ، ލޯކަލް ކައުންސިލްތަކުގެ ދައުރު އިތުރުކުރުމަށް ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލާ ގުޅިގެން، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގެ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ މިދަނޑިވަޅުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އެއްވެސް އިޞްލާޙެއް ގެނައުމާމެދު މަޝްވަރާކުރެއްވުމެވެ.

މިމައްސަލައަށް ހޯމަ ދުވަހުގެ ޖަލްސާގައިވެސް މެމްބަރުން ބަހުސް ކުރައްވާފައިވާއިރު ދެ ދުވަހުގެ މަތިން 55 މެމްބަރުން އެމައްސަލައަށް ބަހުސް ކުރައްވާފައިވެއެވެ.

ނަމަވެސް އެޓާރނީ ޖެނެރަލް އިބްރާހީމް ރިފްއަތާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ގާނޫނީ ލަފާ ދެއްވާފައިވަނީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތެއް ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާފައި ނުވާކަމަށެވެ. އެހެންކަމުން މިހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ.

ނަމަވެސް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވީ، މިހާލަތަކީވެސް ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށާއި، އެންމެ ރަނގަޅު ގޮތަކީ މިހާލަތުގައި ޤާނޫނުއަސާސީއަށް އިޞްލާޙު ނުގެނައުން ކަމަށެވެ.

މިމައްސަލައަށް މެމްބަރުން ބަހުސް ކުރައްވައި، އަދި މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާ ނިންމާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، މިހާރު އޮތް ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދުގައާއި ލޯކަލް ކައުންސިލަރުންގެ ދައުރު ދިގު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރެވުނީ ބޭނުންތެރި ބަހުސެއް ކަމަށެވެ. އަދި އިންތިހާބު ފަސްކުރުމުގެ މައްސަލާގައި މަޖިލީހަށް ހައްލެއް ހޯދައިދެވޭނެ ކަމަށް ވެސް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތް ތާރީޚަކީ އެޕްރީލް މަހުގެ 4 އެވެ. ނަމަވެސް، ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބު ބާއްވާ ތާރީޚު އެޕްރިލް 18 އަށް ބަދަލުކޮށްފައެވެ. އަދި ކޮވިޑް-19 ގެ ބަލި ރާއްޖޭން ވެސް ފެނި، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު މިވަނީ ވަކި މުއްދަތެއް ނެތްގޮތަށް ފަސްކުރަންޖެހިފަ އެވެ.

މިކަމާ ގުޅިގެން، ސަރުކާރުން ވަނީ ކައުންސިލް އިންތިހާބު ފަސްކުރުމާގުޅޭގޮތުން ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަޙަޅާފަ އެވެ.

މިބިލް ފަރުމާކުރެއްވި، އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނީ، ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރުމަށާއި، އެ އިންތިޚާބާގުޅޭ އެ ނޫން ވެސް ޚާއްޞަ އުޞޫލުތަކެއް އެކަށައެޅުމުގެ ގޮތުން ހުށަހަޅާފައިވާ ބިލެއް ކަމަަށެވެ. އެގޮތުން "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020"ގެ ނަމުގައި 10 މާއްދާގެ މައްޗަށް އެކުލެވޭ ބިލު ފަރުމާކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020އިން ހޮވޭ މެންބަރުން މަޤާމާ ހަވާލުވުމުން އުވިގެންދާގޮތަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
57%
0%
43%
0%
0%
ކޮމެންޓް
12 އޭޕްރިލް 2020 | އާދީއްތަ 05:54
ޢަހުމަދު ޖަޑިބު
ޥީހާލެއްގެ ވާން ކަމައް ބުނުން ތިޔައީ ބަޔަކު ގުނބޯ ހައްދަން ދައްކާ ވާހަކަ އެއ އް. ޓިޔަބުނާ ވީހާލެއްގެ ވާން ފައުލަތުގެ ބަޖެޓުން ތިޔަ ނަގާ މުސާރަ ނިކަން އޟިއްލަ އަށް 25 ފައްކޮލަބަލަ އިނާޔަތާ އެކު ހަމަ ޔަގީން މަޖިލީސް މެމބަރުނަކައް ވެސް ނަޝީދު އަކައް ވެސް ނުކެރޭނެ އެކަން ކުރާކައް ..ވީހާލެއްގެ ވާން ތިޔަނަގމުންދާ އިނާޔަތްތައް ހު އްޓާލަ ބަލަ ކުރިއަށް އަހަރުގެ ބާކީ މި އޮތް ދުވަސްތަކުގައި ނުކެރޭނެ
8 އޭޕްރިލް 2020 | ބުދަ 16:35
ކކކކކ
މާލޭގަ "ހާލި ހަދައިގެން" ތިބި މީހުނާއެކީ ވީހާލެއްގަ ވާން ކެރޭނެތަ؟ ރަށަށް ދާށޯ! މިދެން ކާކު؟
7 އޭޕްރިލް 2020 | އަންގާރަ 21:21
އާދަނުބޭ
އެންމެ ފުރަތަމަ ފިލާނީ ތިކަލޭގެ.... ކުރިންވެސް ބުނި ތިހެން.