ކ. މާލެ
|
7 އޭޕްރިލް 2020 | އަންގާރަ 18:37
ހދ.ފިނޭ
ހދ.ފިނޭ
ފިނޭ ކައުންސިލް
ހދ.ފިނޭ
ފިނޭގައި ރަމަޟާން މަހަށް ޚާއްސަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރަތް ފަސްކޮށްފި
 
ފިޠުރު ޢީދުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓުސަލް މުބާރާތް ވެސް ވަނީ ފަސްކޮށްފައި
 
ޤުރުއާން މުބާރާތް ފަސްކުރީ މުއްދަތެއް ނެތް ގޮތަށް

ހދ. ފިނޭގައި ރަމަޟާން މަހަށް ޚާއްޞަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރަތް ފަސްކޮށްފިއެވެ.

ރާއްޖެއެމްވީއަށް ފިނޭގެ ކައުންސިލްގެ ރައީސް ޙަސަން ރަޝީދު ވިދާޅުވީ ކައުންސިލުން އިސްނަގައިގެން ރަމަޟާން މަހަށް ޚާއްޞަކޮށްގެން ޤުރުއާން މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން މިހާރު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ރަޝީދު ވިދާޅުވީ ޤުރުއާން މުބާރާތް މުއްދަތެއް ނެތް ގޮތަށް ފަސްކުރީ ދަރިވަރުންނަށް ވެސް މުބާރާތަށް ތައްޔާރުވުމަށް ފުރުޞަތު ދިނުމުގެ މަޤުޞަދުގައި ކަމަށާއި، މިހާރު ކްލާސްތައް ބަންދުވެފައިވާތީ ކަމަށެވެ. މުއްދަތެއް ނެތް ގޮތަށް ޤުރުއާން މުބާރާތް ފަސްކޮށްފައިވާއިރު، މީގެ ކުރިން މުބާރާތް ބޭއްވުމަށް ހަމަޖެހިފައި އޮތީ މެއި މަހުގެ 8 އަދި 9 ވަނަ ދުވަހުގައެވެ.

މީގެ އިތުރުން ފިނޭ ކައުންސިލުން ވަނީ ފިޠުރު ޢީދުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓުސަލް މުބާރާތް، ވެސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

ކައުންސިލުން ބުނީ މި މުބާރާތް ބާއްވާނެ ތާރީޚެއް ފަހުން އިޢުލާނު ކުރާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް