ކ. މާލެ
|
7 އޭޕްރިލް 2020 | އަންގާރަ 18:42
ހިންމަފުށީ ކައުންސިލަރުން ރައީސްއާ ބައްދަލުކުރައްވަނީ
ހިންމަފުށީ ކައުންސިލަރުން ރައީސްއާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ހިންމަފުށި ކައުންސިލް
ރަމަޟާން މަހަށް ޚާއްސަކޮށް ހިންމަފުށީ ރައްޔިތުންނަށް ކާނާގެ ބާވަތްތައް ދޭން އެރަށު ކައުންސިލުން ނިންމައިފި
 
ހަނޑޫ، ހަކުރު، ފުއް، ފިޔާ އަދި މަސްދަޅު ދިނުމަށް ނިންމާފައިވޭ

ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ދިމާވެފައިވާ ދަތިތަކުގެ މައްޗަށް ރިޢާޔަތްކޮށް މިއަހަރުގެ ރަމަޟާން މަހުގެ މުނާސަބަތުގައި ރައްޔިތުންނަށް ޢިނާޔަތެއްގެ ދިނުމަށް ހިންމަފުށީ ކައުންސިލްގެ އިދާރާއިން ނިންމައިފިއެވެ.

ހިންމަފުށި ކައުންސިލުން ބުނީ ކޮވިޑް-19 އާއި ގުޅިގެން، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ދިމާވެފައިވާ ދަތިތަކުގެ މައްޗަށް ރިޢާޔަތްކޮށް، އަންނަ ރަމަޟާންމަހުގެ މުނާސަބަތުގައި، ރަށުގެ ކޮންމެ ރައްޔިތަކަށް ޢިނާޔަތެއް ދޭން ނިންމާފައިވާކަމަށެވެ. އެގޮތުން، ހަނޑޫ، ހަކުރު، ފުއް، ފިޔާ އަދި މަސްދަޅު ދޭނ ހަމަޖެހިފައިވާއިރު، ވައުޗަރު އުޞޫލުން އެކަންކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް އެރަށު ކައުންސިލުން ވަނީ ފަށާފައެވެ.

ކައުންސިލުން ވަނީ މިތަކެތި ސަޕްލައިކޮށް ވައުޗަރ އުޞޫލުން ދޫކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 އޭޕްރީލް 2020 ވާ ހޯމަ ދުވަހުގެ 13:00 އަށް އެއިދާރާއަށް ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އޭޕްރީލް 2020 ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާގުޅިގެން ރައްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ހުއްޓުމަކަށް އައިސްފައިވާއިރު އިޤުތިޞާދީ ޙަރަކާތްތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެއަށް އިގްތިޞާދީ ކާރިޘާއެއް ކުރިމަތިވަމުން އަންނައިރު ރާއްޖެއާއި ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ވަޒީފާތައް ދަނީ ގެއްލެމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
14%
86%
0%
0%
0%
0%
ކޮމެންޓް