ކ. މާލެ
|
7 އޭޕްރިލް 2020 | އަންގާރަ 15:33
ޑޭވިޑް ކްލާކް - ނިއުޒީލޭންޑުގެ ސިއްހަތާ ބެހޭ ވަޒީރު
ޑޭވިޑް ކްލާކް - ނިއުޒީލޭންޑުގެ ސިއްހަތާ ބެހޭ ވަޒީރު
ގެޓީ އިމޭޖަސް
ލޮކްޑައުންއާ ޚިލާފުވުން
ލޮކްޑައުން އާ ޚިލާފްވުމުން ނިއުޒީލެންޑުގެ ހެލްތް މިނިސްޓަރުގެ މަގާމު ދަށްކޮށްފި
 
ބޮޑުވަޒީރު ވިދާޅުވީ، ކުށަށް އަދަބު ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް

ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ނިއުޒީލެންޑުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންއާ ޚިލާފުވެވަޑައިގަތުމާ ގުޅިގެން ނިއުޒީލެންޑުގެ ސިއްހަތާ ބެހޭ ވަޒީރަށް ފިޔަވަޅު އަޅާ މަގާމު ދަށްކޮށްފިއެވެ.

މައްސަލަ ހޫނުވީ، ލޮކްޑައުން އިއުލާން ކޮށްފައިވަނިކޮށް ސިއްހަތާ ބެހޭ ވަޒީރު، ޑރ. ޑޭވިޑް ކްލާކް، އާއިލާ އާކު ހިންގަވާލެއްވުމަށް ނިއުޒީލެންޑުގެ ސައުތު އައިލެންޑުގެ ގޮނޑުދޮށަށް ވަޑައިގެންނެވި މައްސަލަ އާއްމުންނަށް ފަޅާ އެރުމާ ގުޅިގެންނެވެ.

އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް ނިއުޒީލެންޑުގެ ސަރުކާރުން އާއްމުކޮށް އިއުލާން ކޮށްފައިވަނިކޮށް އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު ވަނީ 12 މޭލުގެ ކާރު ދަތުރެއް ކުރެއްވުމަށްފަހު ނިއުޒީލެންޑުގެ ސައުތު އައިލެންޑުގެ އައްސޭރިފަށަށް އާއިލާ އާ އެކު ވަޑައިގަނެފައެވެ.

ނިއުޒީލެންޑުގެ ސިއްހަތާ ބެހޭ ވަޒީރުގެ މި އަމަލު ފަޅާ އެރުމާ ގުޅިގެން، އޭނާވަނީ އެކަމަށް މާފަށް އެދިވަޑައިގަނެ ބަޔާނެއް ނެރުއްވާފައެވެ.

އެ ބަޔާނުގައި އޭނާ ވިދާޅުވެފައިވަނީ، ސިއްހަތާ ބެހޭ ވަޒީރުގެ ހައިސިއްޔަތުން އޭނާ އަށް ހަމަ އެކަނި ޖެހިވަޑައިގަންނަވާނީ ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތެވުން ނޫން ކަމަށާއި، އެހެން މީހުންނަށް ނަމޫނާ އަކަށް ވާން ޖެހޭނެ ކަމަށް ދެކެވަޑައިގަންނާ ކަމުގައެވެ.

މި ހާދިސާ އާ ގުޅިގެން ނިއުޒީލެންޑުގެ ބޮޑުވަޒީރު ޖަސިންދަ އާރޑާން ވިދާޅުވީ، އާއްމު ހާލަތުގައި ނަމަ ސިއްހަތާ ބެހޭ ވަޒީރު މަގާމުން ވަކި ކުރެއްވީސް ކަމަށާއި، ނަމަވެސް ގައުމު އޮތް ހާލަތައް ބައްލަވާ މަގާމުގައި އޭނާ ބެހެއްޓެވުމަށް ނިންމެވި ނަމަވެސް، ކެބިނެޓްގެ އެންމެ ދައް ރޭންކަށް ސިއްހަތާ ބެހޭ ވަޒީރު ބަދަލު ކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން ބޮޑުވަޒީރު ވަނީ އެސޯސިއޭޓް ފައިނޭންސް މިނިސްޓަރ ގެ މަގާމުން ޑރ. ކްލާކް ވަކި ކުރައްވާފައެވެ.

ނިއުޒީލެންޑުގައި ކޮރޯނާވައިރަސްގެ މައްސަލަ ސަރުކާރުން ބަލަހައްޓަމުން ގެންދާ ގޮތާ މެދު ރައްޔިތުންގެ މެދުގައި ހިތްހަމަ ޖެހުން ބޮޑުކަން މީޑީއާ ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވެއެވެ.

ކޮރޯނާ ވައިރަސް ޖެހިގެން ނިއުޒީލެންޑުގައި މިހާތަނަށް މަރުވެފައިވަނީ އެންމެ މީހެކެވެ. އަންގާރަ ދުވަހުގެ ނިޔަލަށް ބައްޔަށް ޕޮސިޓިވްވެފައި 1100 (އެއްހާސް އެއްސަތޭކާ) މީހުން ނިއުޒީލެންޑުގައި ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިކަން މިހެން ހިނގާފައިވާ އިރު، ސްކޮޓްލެންޑުގެ ޗީފް މެޑިކަލް އޮފިސަރުވެސް ވަނީ، ލޮކްޑައުންއާ ޚިލާފުވިކަން ފަޅާ އެރުމުން މަގާމުން އަމިއްލަ އަށް އިސްތިއުފާ ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
14%
57%
0%
14%
0%
14%
ކޮމެންޓް
8 އޭޕްރިލް 2020 | ބުދަ 09:08
ގަވަރނަންސް
މިއީ ޒިންމާދާރު ބުމަކީ އަދި ޒިންމާދާރު ކުރުވުމަކީ. ވަކި މީހަކަށް ބެލުމެއްނެތިި ސަރުކާރުގެ މަސައްކަތް ކުރަންޏާ އުސޫލުތަކަށް ތަބާވާން ޖެހޭނެ.