ކ. މާލެ
|
7 އޭޕްރިލް 2020 | އަންގާރަ 14:25
ލިވަޕޫލްގެ ކުޅުންތެރިން
ލިވަޕޫލްގެ ކުޅުންތެރިން
ގެޓީ އިމޭޖަސް
ކޮވިޑް-19
"ޕްރިމިއާ ލީގު ކެންސަލް ކުރިނަމަވެސް، ތަށި ލިބޭނީ ލިވަޕޫލަށް"
 
ލީގު ކަށަވަރުކުރުމަށް ލިވަޕޫލަށް ބޭނުންވަނީ އެންމެ 6 ޕޮއިންޓް

ޔޫރަޕުގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މެދުކަނޑާލައިފައިވާ އިނގިރޭސި ޕްރިމިއާ ލީގު ކެންސަލް ކޮށްފިނަމަ، ލީގު ލަވަޕޫލަށް ދެވޭނެ ކަމަށް ޔުއެފާގެ ރައީސް އަލެކްސަންޑަ ސެފަރިން ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބަން މެދުކަނޑައިލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު ފެށޭނެ ތާރީޚެއް ބުނަން ނޭނގޭއިރު، ބައެއް ފަރާތްތަކުން އަންނަނީ ސީޒަން ދިގުލައިގެންދާނަމަ މި ސީޒަން ކެންސަލް ކުރަން ޖެހިދާނެކަމަށް ބުނަމުންނެވެ.

ސްލޮވޭނިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސެފަރިން ވިދާޅުވީ މެތަމެޓިކަލީ ބަލާއިރު ލިވަޕޫލަށް ލީގު އަދި ކަށަވަރު ނުވާކަމަށާއި، އެކަމަކު ލީގު ގޮސްފައިވާ ހިސާބާއި، ހާލަތު އޮތްގޮތުން ނަމަ ލީގު ކެންސަލް ކުރިނަމަވެސް ލީގު ތަށި ލަވަޕޫލަށް ލިބެންޖެހޭ ކަމަށެވެ.

ސެފަރިން އިތުރަށް ވިދާޅުވީ ޔުއެފާގެ ވިސްނުމަކީ އެއްވެސް ލީގެއް ކެންސަލް ނުކުރަން ކަމަށާއި، ކިރިޔާވެސް ހާލަތު ތަންދީފިނަމަ ލީގު ކުރިޔަށް ގެންގޮސް ނިންމާނެ ކަމަށެވެ. ނަމަވެސް އެހާލަތު ތަން ނުދީފިނަމަ ލީގު ކެންސަލް ކުރަން ޖެހިދާނެ ކަމަށާއި، އެކަމަކު ލީގު ކެންސަލް ކުރާނަމަ، ތަށި ދޭނީ ކޮން ޓީމަކަށްތޯ ގޮތް ނިންމަން ޖެހޭނެ ކަމަށް ވެސް ސެފަރިން ވިދާޅުވިއެވެ. އަދި ލީގު ކެންސަލް ކުރާނަމަ އެކަމުގައި އެންމެ އިންސާފުވެރި ގޮތް ހޯދާނެ ކަމަށް ސެފަރިން ވިދާޅުވިއެވެ.

އިނގިރޭސި ޕްރިމިއާ ލީގު ވަނީ ކޮވިޑް-19 ގެ ސަބަބުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. އަދި ޖޫން މަހު ލީގު ފެށޭނެ ކަމަށް ބަލައި އިނގިރޭސި ސަރުކާރާއި ޕްރިމިއާ ލީގުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ލިވަޕޫލުން އޮތީ 25 ޕޮއިންޓްގެ ލީޑަކާއިއެކުގައެވެ. ލީގު ކަށަވަރުކުރުމަށް ލިވަޕޫލަށް ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
50%
0%
50%
0%
0%
ކޮމެންޓް