ކ. މާލެ
|
7 އޭޕްރިލް 2020 | އަންގާރަ 13:08
ފީފާގެ އިދާރާ
ފީފާގެ އިދާރާ
ގެޓީ އިމޭޖަސް
ކޮވިޑް-19
ލީގު ދިގުލައިގެންދާ މައްސަލައަށް ފީފާއިން ހައްލު ހޯދައިދެނީ
 
ފީފާއިން އަންނަނީ ގައުމުތަކުގެ ފެޑަރޭޝަނާއިއެކު މަޝްވަރާކުރަމުން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ހުއްޓިފައިވާ ލީގުތައް ދިގުލައިގެންދާ މައްސަލައަށް ފީފާއިން ވަރަށް އަވަހަށް ހައްލު ހޯދައިދޭނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ލީގުތައް މެދުކެނޑިފައިވާ މިދަނޑިވަޅު ކްލަބުތަކަށް މާލީ ގޮތުން ދިމާވާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމުތަކުގެ ފުޓްބޯޅަ ފެޑަރޭޝަންތަކާއިއެކު ފީފާއިން މިހާރު އަންނަނީ އެކި ގޮތްގޮތަށް މަޝްވަރާ ކުރަމުންނެވެ. ގައުމުތަކުގެ ފުޓްބޯޅަ ފެޑަރޭޝަންތަކުން ފީފާއަށް ހުށަހަޅައިފައިވާ އެންމެ ބޮޑު މައްސަލައަކީ މެދުކެނޑިފައިވާ ލީގުތައް ކުރިޔަށް ނިންމާނެ ގޮތެއް އަދި މިހާތަނަށް ފެންނަން ނެތުމާއި، މެއި މަހުގެ ނިޔަލަށް އެއްބަސްވުން ހަދައިފައިވާ ކުޅުންތެރިން ކަންތައްތައް ހައްލުކުރާނެ ގޮތެކެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ގައުމުތަކުގެ ފުޓްބޯޅަ އިދާރާތަކުން އަންނަނީ ފީފާ މެދުވެރިކޮށް މިކަމަށް ހައްލުހޯދައިދޭން އެދެމުންނެވެ. އެގޮތުން ފީފާއިން ވަނީ ކޮވިޑް-19 އާއި ގުޅިގެން މިހާރު ހުއްޓިފައިވާ ފުޓްބޯޅައިގެ ކަންކަން ހައްލުކުރާނެ ގޮތަކާއިމެދު ކަމާބެހޭ ފަރާތްތަކާއިއެކު މަޝްވަރާ ފަށައިފައެވެ. އަދި ފީފާއިން ނިންމައިފައިވަނީ މިހާރު ފަށައިފައިވާ ސީޒަން ނިންމުމަށާއި، މެއި މަހުގެ ނިޔަލަށް އެއްބަސްވުން ހަދާފައިވާ ކުޅުންތެރިންގެ އެއްބަސްވުމަށް ސީޒަން ނިމެންދެން އަމަލުކުރުމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ކްލަބުތަކުން މަސައްކަތް ކުރަމުން އަންނައިރު، ބައެއް ކްލަބްތަކުން ވަނީ ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް