ކ. މާލެ
|
7 އޭޕްރިލް 2020 | އަންގާރަ 12:58
ޗައިނާގެ ސިއްހީ އެހީތެރިން ކޮވިޑް-19 ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެނީ
ޗައިނާގެ ސިއްހީ އެހީތެރިން ކޮވިޑް-19 ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެނީ
ޗެނަލް ނިއުސް އޭޝިއާ
ކޮވިޑް-19
ކޮވިޑް-19 ޖެހިގެން އިއްޔެ ޗައިނާއިން އެއްވެސް މަރެއް ރިޕޯޓްކޮށްފައެއް ނުވޭ!
 
މިހާރު އެ ގައުމުން ފެންނަ ކޭސްތަކަކީ އިމްޕޯޓެޑް ކޭސްތަކެއް
 
އެ ގައުމުން 81،740 މީހުން ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައި

ކޮވިޑް-19 އައުޓްބްރޭކަށް ފަހު، އެ ބަލީގައި އެއްވެސް މީހަކު ހޯމަ ދުވަހު މަރުވެފައި ނުވާކަމަށް ޗައިނާއިން ރިޕޯޓްކޮށްފިއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މިއީ މިއަހަރުގެ ޖެނުއަރީގެ މަހުން ފެށިގެން ކޮންމެ ދުވަހަކު އާންމުކުރަމުންދާ ތަފާސްހިސާބުތަކުން މީހަކު މަރުވެފައިނުވާކަމަށް ޗައިނާއިން ރިޕޯޓުކުރި ފުރަތަމަ ދުވަހެވެ.

ދަ ގާރޑިއަން އިން ރިޕޯޓުކޮށްފައިވާގޮތުން، އެގައުމުން ވައިރަސް ފެތުރުނަ ނުދީ ކޮންޓްރޯލްކުރުމަށް އަޅާފައިވާ ޓްރެވެލް ރެސްޓްރިކްޝަން އުވާލުމަށް ނިންމާފައިވާ މި ދަނޑިވަޅުގައި ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީ އަދިވެސް އާންމު ހާލަތަކަށް ރުޖޫއަވެފައެއް ނުވެއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް އެ ގައުމުން 81،740 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، ބަލި ޖެހިގެން 3،331 މީހަކު ވަނީ މަރުވެފައެވެ. އަދި 77،167 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ޗައިނާގެ ސަރުކާރުން ބުނެފައިވަނީ، މިހާރު އެ ގައުމުން ފެންނަ ކޭސްތަކަކީ އިމްޕޯޓަޑް ކޭސްތަކެއްކަމަށެވެ.

ކޮވިޑް-19 އަށް ވެކްސިންއެއް ހޯދުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 108 ވޮލަންޓިއަރުންނަށް ކޮވިޑް-19 ވަނީ ވެކްސިން ދީފައެވެ. ވެކްސިންގެ ކްލިނިކަލް ޓަރަޔަލްގެ ފުރަތަމަ ފޭސްގައި ވެކްސިން ދިނުމަށް ހަމަޖެހިފިފައިވާ ފަރާތްތަކަށް ޗައިނާއިން ވަނީ ވެކްސިން ދީފައެވެ.

ވެކްސިން ދިން 108 މީހުންގެ ތެރެއިން 18 މީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 14 ދުވަހުގެ ކަރަންޓީން މުއްދަތު ވަނީ ހަމަ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
60%
0%
0%
0%
40%
ކޮމެންޓް