ކ. މާލެ
|
7 އޭޕްރިލް 2020 | އަންގާރަ 11:47
އިންޑިއާގެ ޑޮކްޓަރުންތަކެއް ބޮލުގައި ރަބަރު ކޮތަޅު އަޅައިގެން
އިންޑިއާގެ ޑޮކްޓަރުންތަކެއް ބޮލުގައި ރަބަރު ކޮތަޅު އަޅައިގެން
އީޕީއޭ
ކޮވިޑް-19
ޗައިނާއިން 170،000 ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް އިންޑިއާއަށް ހަދިޔާކޮށްފި
 
އައުޓްބްރޭކެއް އައިސްފިނަމަ، އެންމެ ނުރައްކާ ބޮޑު ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭ
 
އިތުރު ޕީޕީއީ ސެޓުތައް ހޯދުމަށް އިންޑިއާ ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން
 
އެކަށީގެންވާ ވަރަށް ޕީޕީއީ ނެތްކަމަށް އިންޑިއާގައި ކަންބޮޑުވުން އެބަހުރި

އިންޑިއާގެ ސިއްހީ މަސައްކަތްތެރިންގެ ބޭނުމަށް ޗައިނާއިން 170،000 ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހަދިޔާކޮށްފިއެވެ.

ޗައިނާއިން ހަދިޔާކުރި ސޫޓްތައް ބޭނުންކުރާނީ ސިއްހީ މަސައްކަތްތެރިންނާއި، އެމަރޖެންސީ ރެސްޕޮންޑަރުންނެވެ. މި ފަރާތްތަކަކީ، ބަލި މީހުންނަށް ފަރުވާ ދިނުމަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ވުމުން، ބަލި ޖެހުމުގެ ފުރުސަތު ބޮޑު ފަރާތްތަކެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކޮށްފައިވާއިރު، ސިއްހީ މަސައްކަތްތެރިންނަށް އެކަށީގެންވާ ވަރަށް ރައްކާތެރިކަމުގެ ވަސީލަތްތައް ނެތްކަމުގެ ޝަކުވާތައް ވަނީ ފެންމަތިވެފައެވެ. އެގޮތުން، ވާރޭ ކޯޓުތަކާއި ރަބަރު ކޮތަޅު އަޅައިގެން ސިއްހީ މަސައްކަތްތެރިން ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯތަކަކަށް ބޮޑު ސަމާލުކަމެއް ލިބިފައިވެއެވެ.

ސިއްހީ މަސައްކަތްތެރިންނަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އިންޑިއާ ސަރުކާރުން އަވަސްވެގަނެފައިވާއިރު، ސިންގަޕޫރުން އޯޑަރު ކޮށްފައިވާ 8 މިލިއަން ޕީޕީއީ ސެޓު (މާސްކާއި ކަވަރއޯލް ސޫޓާއެކު) އެޕްރިލް މަހުގެ 11 ވަނަ ދުވަހު ލިބޭނެ ކަމަށް އިންޑިއާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި އިތުރު 6 މިލިއަން ޕީޕީއީ ސެޓް ހޯދުމަށް ޗައިނާގެ ކުންފުންޏަކާ މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް ވަނީ މައުލޫމާތު ދީފައެވެ.

ބޭރުގެ ކުންފުނިތަކުން މި އާލާތްތައް ހޯދުމުގެ މަސައްކަތް ކުރުމުގެ އިތުރުން، އިންޑިއާގައި އުފައްދާފައިވާ 190،000 ސޫޓާއި 200،000 N95 ފޭސް މާސްކު ހޮސްޕިޓާތަކަށް ބެހިގެން ދާނެ ކަމަށް އެ ގައުމުގެ ޕްރެސް އިންފޮމޭޝަން ބިއުރޯ އިން ނެރުނު ބަޔާނެއްގައި ވެއެވެ. އަލަށް ލިބިފައިވާ ޕީޕީއީ ސެޓުތަކާއި މާސްކުތައް ފޮނުވުމައި އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ ކޮވިޑް-19 ބަލީގެ ކޭސްތައް އެންމެ ގިނައިން ފެނިފައިވާ ސްޓޭޓްތަކަށް އިސްކަންދޭ އުސޫލުންނެވެ.

މިހާތަނަށް އެންމެ ގިނަ ބަލި މީހުން ފެނިފައިވާ ސްޓޭޓްތަކުގެ ތެރޭގައި، ޓެމިލް ނާޑޫ، މަހާރަޝްތްރާ، ދިއްލީ، ކެރެލާ، އަންދްރަ ޕްރަދޭޝް، ތެލަންގާނާ އަދި ރާޖަސްތާން ހިމެނެއެވެ. އިންޑިއާއިން ފެނިފައިވާ ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 4000 އަށް ވުރެ އިތުރުވެފައެވެ. އޭގެ ތެރެއިން 136 މީހަކު ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
33%
0%
0%
67%
0%
ކޮމެންޓް
8 އޭޕްރިލް 2020 | ބުދަ 17:46
އިންތި
ގަދަ ފަދަ އިންޑިޔާ އެކަމް މިދަނޑިވަލުގައިވެސް މި ކުޑަ ރާއްޖެ އަށް މާ ދޯލަވެގެން މިއުލެނީ ކީއްވެބާ؟ ޗައިނާ މިހާލަތުގައިވެސް ދުނިޔެއަށް ދަށްކަމުންގެނދާ ރީތި މިސާލު ކިހާ ރީތި. ބޮޑު ޑިމްކުރަސީ ކަމަށް ދައުވާކުރާ ގައުމު މި ކުޑަ ކުޑަ ވައިރަސް އަކަށް ތައްޔާރުވެފަ އޮތް މިންވަރު ހާމަވެގެން ނުދޭތޯ؟