ކ. މާލެ
|
7 އޭޕްރިލް 2020 | އަންގާރަ 11:14
އިމާމު ހޯދުމަށް އެމްއެންޑީއެފްއިން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން
އިމާމު ހޯދުމަށް އެމްއެންޑީއެފްއިން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން
އެމްއެންޑީއެފް
ޖޭޑަބްލިޔު މެރިއޮޓުން މީހަކު ގެއްލުން
120،000 އަކަ މީޓަރު ބެލިއްޖެ، އިމާމު އަދިވެސް ނުފެނޭ!
 
ކޯސްޓްގާޑުގެ ޑައިވަރުންނާއި ލޯންޗު އަންނަނީ އޭނާ ހޯދުމުގައި ހަރަކާތްތެރިވަމުން
 
ގެއްލިގެން ހޯދަމުން އަންނަނީ 30 އަހަރުގެ އިންޑިއާ ފިރިހެނެއް
 
އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރޭގަނޑު

ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާއިން ގެއްލިގެން ހޯދަމުން އަންނަ އިމާމު ހޯދަން 120،000 އަކަ މީޓަރުގެ ސަރަހައްދެއް ބެލިއްޖެ ކަމަށާއި، މިހާތަނަށް ނުފެންނަ ކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.

އޭނާ ގެއްލިގެން އެ ރިސޯޓުން ރިޕޯޓްކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރޭގަނޑު 22:13 ހާއިރެވެ. އެންމެ ފަހުން އޭނާ ފެނިފައިވަނީ އެ ރިސޯޓުގެ ސަޕްލައި ޖެޓީ މަތީގައި ފޯން ކޯލެއްގައި ހުރި މަންޒަރެވެ. އޭނާ ފޯނު ކޯލުގައި ހުރެފައި މޫދަށް ފުއްމާލި މަންޒަރު ސީސީޓީވީން ފެންނަ ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.

އެ ރިސޯޓުގެ އިމާމަކީ 30 އަހަރުގެ އިންޑިއާ ރައްޔިތެކެވެ. އެމްއެންޑީއެފްއިން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މައްސަލަ ފުލުހުން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.

އޭނާ ހޯދުމަށް އެމްއެންޑީއެފްއިން ހިންގާ އޮޕަރޭޝަންގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، އޭނާ ހޯދުމުގެ މަސައްކަތުގައި ކަނޑުގެ ސަރފެސް ބެލުމުގައި ކޯސްޓް ގާޑު ލޯންޗެއް ހަަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ކަނޑު އަޑި ބެލުމުގައި ޑައިވަރުން ހަރަކާތްތެރިވަމުންދާ ކަމަށް ވަނީ މައުލޫމާތު ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް