ކ. މާލެ
|
7 އޭޕްރިލް 2020 | އަންގާރަ 08:40
ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް
ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް
ޕީޕީއެމް
ރައީސް ޔާމީން
ޔާމީނާއި ގުޅޭގޮތުން ލިޔެފައިވާ ހަބަރުގައިވާ މައުލޫމާތަކީ ތެދުކަން އަބްދުއް ރަހީމަށް އެނގިވަޑައިގަންނަވާނެ
 
މި ޚަބަރު ވެބްސައިޓުން ނެގި ކަމަށްބުނެ ވެސް އިތުރަށް ފަތުރަނީ ދޮގު ޚަބަރެއް
 
ކިޔުންތެރިންނަށް އިތުރަށް މިކަން ސާފުކޮށްދޭންޖެހޭ ހާލަތެއްގައި އިތުރު ތަފްސީލްތައް ހާމަކުރާނެ
 
ޚަބަރުގައިވަނީ އިތުބާރު ކުރެވޭ މަސްދަރުތަކުން ޔަޤީން ކަމާއި އެކު ރާއްޖެ އެމްވީއަށް ދީފައިވާ މައުލޫމާތު

"ހުރިހާ ކަމެއް ހަމަޖައްސައިދިނުމުންވެސް ދައްތާފުޅުގެ މޫނު ބެއްލެވުމަށް ރައީސް ޔާމީން ވަޑައިނުގެންނެވި"މި ސުރުޚީގެ ދަށުން އެޕްރީލް މަހުގެ 6 ވަނަ ދުވަހު ރާއްޖެ އެމްވީގައި ޝާޢިއުކޮށްފައިވާ ޚަބަރުގައިވާ މައުލޫމާތަކީ ތެދުކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ކަމަށް ރާއްޖެ އެމްވީއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފިއެވެ.

މި ޚަބަރާއި ގުޅޭގޮތުން ޕީޕީއެމް/ޕީއެންސީގެ އިން ނެރެފައިވާ ނޫސްބަޔާނުގެ ޖަވާބުގައި ހޯމަ ދުވަހުގެ ރޭ ރާއްޖެ އެމްވީއިން ނެރެފައިވާ ބަޔާނުގައި ވަނީ އެ ޚަބަރު ލިޔެފައިވަނީ ޚަބަރެއް ގެނެސްދިނުމުގައި ރާއްޖެ އެމްވީގެ ނޫސްވެރިން އަމަލުކުރަންޖެހޭ އުސޫލްތަކާއި ފުރިހަމަ ކުރަންޖެހޭ އިޖުރާޢުތައް ފުރިހަމަ ކުރުމަށްފަހުގައި ކަމުގައި ކަމަށެވެ.

މި ޚަބަރާއި ގުޅިގެން ޕީޕީއެމް/ޕީއެންސީން ނެރެފައިވާ ބަޔާނުގައި އެއީ ދޮގު ޚަބަރެއްކަން ބަޔާންކޮށްފައި ވީނަމަވެސް އެ ޚަބަރަކީ އިތުބާރު ކުރެވޭ މަސްދަރުތަކުން ޔަޤީން ކަމާއި އެކު ރާއްޖެ އެމްވީއަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ގެނެސްދީފައިވާ ޚަބަރެކެވެ. އަދި އެ ހަބަރުގައި ހިމަނާފައިވާ މައުލޫމާތަކީ ތެދު މައުލޫމާތުކަން ކިޔުންތެރިންނަށް ކަށަވަރުކޮށްދީފައިވެއެވެ.

އެ މައުލޫމާތަކީ ތެދުކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވެނީ އަބްދުއްރަހީމް ކަމަށާއި ސަރުކާރުން މިކަމުގައި އަމަލުކުރަމުންދިޔަ ގޮތުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގަންނަވަމުންދިޔަކަން ވަރަށް ސާފުކޮށް ރާއްޖެ އެމްވީއަށް އެނގިފައިވާ ކަމުގައިވެސް ބަޔާނުގައި ވެއެވެ.

ކިޔުންތެރިންނަށް އިތުރަށް މިކަން ސާފުކޮށްދޭންޖެހޭ ހާލަތެއްގައި އަބްދުއްރަހީމް ސަރުކާރުގެ ވެރިންނާއި ވާހަކަ ދެއްކެވި ގަޑިތަކާއި، ވާހަކަ ދެއްކެވި ބޭފުޅުންނާއި، ދެއްކެވި ވާހަކަތަކުގެ ހުރިހާ ތަފްސީލްތައް ހާމަކުރާނެ ކަމަށް ރާއްޖެ އެމްވީން ބުނެއެވެ.

އެހެންކަމުން މިހާ ސާފުކޮށް އެނގެން އޮތް ކަމެއްގައި، ހަޤީގަތް ގަސްދުގައި އޮޅުވާލާ، ސައްތައިން ސައްތަ ސައްޚަ ޚަބަރެއް ދޮގު ޚަބަރެއްކަމަށް ދައްކަން އުޅެ އަދި ފިޔަވަޅު އެޅުމަށް ގޮވާލާ ހެދުމަކީ ދައުލަތުގެ ބަޖެޓުން ފައިސާ ހޯދައިގެން ހިންގާ ސިޔާސީ ޕާޓީއެއް ވެއްޓޭނެ އެންމެ ދަށަށް ވެއްޓުނު ކަމުގައި ދެކޭ ކަމަށް ބަޔާނުގައި ވެއެވެ.

މި ޚަބަރު ވެބްސައިޓުން ނެގި ކަމަށްބުނެ ވެސް އިތުރަށް ފަތުރަނީ ދޮގު ޚަބަރެއް ކަމަށް ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. ރާއްޖެ އެމްވީގެ ވެބްސައިޓްގައި އެ ޚަބަރު މިހާތަނަށް ލައްކަ އަކަށް ވުރެ ގިނަ މީހުން ކިޔަފައިވާއިރު އެ ޚަބަރު މިހާރުވެސް ކިޔުންތެރިންނަށް ފެންނަގޮތަށް އިންނާނެއެވެ.

Advertisement
6%
45%
0%
42%
1%
5%
ކޮމެންޓް
7 އޭޕްރިލް 2020 | އަންގާރަ 12:10
ސާފުތަ ގުންޑޭމެނަށް؟
ތިހެނެކޭ ކިޔާފަ ވަގު، ބާޣީ، ޓެރަރިސްޓަށް ތާއީދު ކުރެވޭކަށްވެސް ނެތް. ދައްތާފުޅު މޫނު ބަލަން ދިޔަތޯ ނޫންތޯ ބަލާކަށް ނޫޅެމު. އެއީ އަމިއްލަ ކަމެއް. ބަލަން ބޭނުމީ އަހަރުމެންގެ ދީނަށް ފުރައްސާރަ ކުރިތޯ، އަހަރުންގެ ނަބިއްޔާއަށް ފުރައްސާރަ ކުރިތޯ، އަހަރުމެންގެ ގައުމު އިންޑިއާއަށް ވިއްކިތޯ. ތިދައްކަނީ އަހަރުންނާ ގުޅުމެއް އޮތް ވާހަކައެއް ނޫން.
7 އޭޕްރިލް 2020 | އަންގާރަ 11:18
ޢަންނި
ކުރާނެ ކަމެއް ނެތިގެން އުޅޭ ޓީވީއެއް
7 އޭޕްރިލް 2020 | އަންގާރަ 10:07
އަޒީ
ޔަގީނުންވެސް މިޚަބަރު ނިންމާފައި މިވަނީ ބޮދުވެގެންވާ ދޮގަކުނެވެ ޚަބަރަކީ އެއަށް އެއިގެ ޒާތުގަި ބާރެއް ލިބިފައިވާ އަދި ފައެއް ފުލެއް ލިބިފައި ވާ އެއްޗަކަށް ނުވާއިރު އެއަކަށް ނީދެވޭނެ! އަދި ރާއްޖެ ޓީ.ވީ އިން އުޅެނީ ފިތުނަ އުފައްދަން ކަމަށް ދުވަހަކުވެސް ދޮގެއް ނުހަދާ ރ.ނަޝީދު ލައިވް ޕްރޮގްރާމެއްގާއި ވަނީ ބުނެފައެވެ