ކ. މާލެ
|
7 އޭޕްރިލް 2020 | އަންގާރަ 08:41
މޯލްޑިވިއަން އޮފީސް
މޯލްޑިވިއަން އޮފީސް
ރާއްޖެއެމްވީ
މޯލްޑިވިއަން
މެލޭޝިޔާ އިން އަންނަން ބޭނުންވާ ދިވެހިންނަށް މޯލްޑިވިއަންއަށް ގުޅައިގެން ޓިކެޓް ގަނެވޭނެ
 
މި ވަގުތުން ފެށިގެން 3335544 އަށް ގުޅުއްވައިގެން ވަގުތުން ޓިކެޓް ބައްލަވައިގަނެވޭނެ
 
ޓިކެޓް ބައްލަވައިގަނެވޭނެ އެންމެފަހު ގަޑިއަކީ އަންގާރަ ދުވަހު ރާއްޖޭ ގަޑިން ހެނދުނު 9:00

ކޮވިޑް-19 އާ ގުޅިގެން މެލޭޝިޔާގައި ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން، ރާއްޖެއަށް އަންނަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަން އަށް ގުޅައިގެން ޓިކެޓް ގަތުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހޯމަ ދުވަހުގެ ރޭ މޯލްޑިވިއަން އިން ކޮށްފައިވާ ޓްވީޓްގައި ވަނީ މެލޭޝިއާއިން އަންނަ ދިވެހިންނަށް ބާއްވާ ފުރަތަމަ ފްލައިޓްގެ ޓިކެޓް ބައްލަވައިގަނެވޭނެ އެންމެފަހު ގަޑިއަކީ 7 އެޕްރީލް ވާ އަންގާރަ ދުވަހު ރާއްޖޭ ގަޑިން ހެނދުނު 9 ގައި ކަމަށެވެ.

އަދި އޮންލައިންކޮށް ގިނަ ބަޔަކަށް ޓިކެޓް ނަގަން އުނދަގޫވާތީ މި ވަގުތުން ފެށިގެން 3335544 އަށް ގުޅުއްވައިގެން ވަގުތުން ޓިކެޓް ބައްލަވައިގަނެވޭނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

މޯލްޑިވިއަންގެ ފްލައިޓް މެލޭޝިއާއިން ފުރަން ޝެޑިއުލްކޮށްފައިވަނީ މި މަހުގެ 8 ވަނަ ދުވަހު އެ ގައުމުގެ ގަޑިން ހެނދުނު ހައެއް ޖަހާއިރު ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
40%
0%
0%
60%
0%
0%
ކޮމެންޓް