ހޯމަ 01 ޖޫން 2020
13 ރޯނު
1441 ޝައްވާލް 09
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:34
އެކްސިޑެންޓެ

ވައިގޮޅިއެއްގެތެރޭގައި މީހަކު މަރުވެފަ އޮއްވާ ފެނިއްޖެ

  • ވެއްޓިފައިވަނީ 37 އަހަރުގެ މީހެއް
  • އެމީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައި

ކ. މާލެ | 6 އޭޕްރިލް 2020 | ހޯމަ 23:42 | 12,258

ފިރިހެންމީހާ ވެއްޓިފައި އޮއްވާ ފެނުނު ގެ ހުރި ސަރަހައްދު - ރާއްޖެއެމްވީ

މާފަންނު ގެއެއްގެ ވައިގޮޅިތެރޭގައި ދިވެހި ފިރިހެނަކު މަރުވެފަ އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މާފަންނުގައި ހުރި ގެއަކުން ހޯމަ ދުވަހު ހެނދުނުން ފެށިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ނުފެނިގެން ހޯމަ ދުވަހުގެ ރޭ 22:17 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މިހާދިސާއާއި ގުޅިގެން އެމީހާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އޭނާ ފެނިފައިވަނީ އެގޭގެ ވައިގޮޅިތެރެއަށް ވެއްޓިފައި އޮއްވާ ހޯމަ ދުވަހުގެ ރޭ 22:36 އެހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ބެލި ބެލުމުން އޭނާ މަރުވެފައިވާކަމަށް އޭނާ ބެލި ޑޮކްޓަރު ބުނެފައިވާކަމަށެވެ.

މިހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.