ކ. މާލެ
|
6 އޭޕްރިލް 2020 | ހޯމަ 22:19
ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު
ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު
ރައީސް އޮފީސް
ކޮވިޑް-19
ކޮވިޑް-19: ފެލައިނީއާ ކޮންޓެކްޓްވި މީހުންގެ ނަތީޖާ ނެގެޓިވުމާއެކު ދޫކޮށްލައިފި
 
ތިން މީހުން ވަނީ ދޫކޮށްލެވިފައި
 
ކޮވިޑް-19އަށް ދެފަހަރު ޓެސްޓު ކުރި، ނަތީޖާ ނެގެޓިވް

މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު މައުރޯނޭ ފެލައިނީއާ ރާއްޖެއިން ކްލޯޒް ކޮންޓެކްޓެއްވި ތިން މީހުން ކޮވިޑް-19 އަށް ނެގެޓިވް ކަމަށާއި، އެމީހުން ދޫކޮށްލާފައިވާ ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ކޮވިޑް-19ގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ފެލައިނީއާ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު ތިން މީހަކު އައިސޮލޭޓް ކުރިކަމަށެވެ. އަދި އެތިން މީހުން ކޮވިޑް-19އަށް ޓެސްޓުކުރެވި ޑަބަލްކޮށް ނެގެޓިވްވުމާއެކު ހޯމަ ދުވަހުގެ ރޭ ދޫކޮށްލާފައިވާ ކަމަށެވެ.

ފެލައިނީ ރާއްޖެ އައިސްފައިވަނީ މާރޗް މަހުގެ 8 ގައެވެ. އެނބުރި ގޮސްފައިވަނީ 12 ގައެވެ. އަދި އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އެނގިފައިވަނީ މާރޗް މަހުގެ 20 ގައެވެ.

ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު އޭނާއަކީ ޗައިނީސް ސުޕަރ ލީގުން ވައިރަސްއަށް ޕޮޒިޓިވްވި ފުރަތަމަ ކުޅުންތެރިޔާއެވެ.

މަބްރޫކް ވިދާޅުވީ ހޯމަ ދުވަހުގެ ރޭގެ 7:00 އާ ހަމައަށް އައިސޮލޭޝަން ފެސިލިޓީތަކުގައި 12 މީހަކު އެބަތިބި ކަމަށާއި، ކަރަންޓީން ފެސިލިޓީތަކުގަ 852 މީހުން އެބަތިބި ކަމަށެވެ.

މިއަދު ވަނީ ބަޔަކު ދޫކޮށްލެވިފައި. އެކި ކަރަންޓީން ފެސިލިޓީތަކުންނާއި ވެލިދޫ އައިސޮލޭޝަން ފެސިލިޓީން. ވެލިދޫ އައިސޮލޭޝަން ފެސިލިޓީން ފެލައިނީއާ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު ތިން މީހަކު އައިސޮލޭޓް ކުރެވިފައި ތިބި. އެތިން މީހުން ޑަބަލް ނެގްޓިވްވުމާއެކު މިރޭ ދޫކޮށްލެވިފައި މިވަނީ.
ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު

މަބްރޫކް ވިދާޅުވީ ބަޑޮސް ކަރަންޓީން ފެސިލިޓީއާ މަޑިވަރު ކަރަންޓީން ފެސިލިޓީގައި ތިބި ޖުމުލަ 60 މީހަކު ވެސް ދޫކޮށްލާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް