ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 20:21
ފިިލްމުގެ ޕޯސްޓަރެއް
ފިިލްމުގެ ޕޯސްޓަރެއް
ފޭސްބުކް
ދިވެހި ފިލްމު "އިލް ނޮައިސް"
"އިލް ނޮއިސް"، ޕްރިމިއާ ކުރާނެ ތާރީޚެއް ދެތިން ވަރަކަަށް ދުވަސް ތެރޭ ހާމަ ކުރާނެ: ޕްރޮޑަކްޝަން ޓީމް
 
ފިލްމު ޕްރިމިއާ ކުރާނެ ތާރިޚު ދެތިން ވަރަކަށް ދުވަސްތެރޭ ހާމަ ކުރެވޭނެ

މި މާޗް މަހު 23 ވަނަ ދުވަހު ޝްވެކް ސިނަމާގައި ޕްރިމިއަރ ކުރުމަށް ހަމަޖެހުނު، ތިއެޓާ މިރާޖް އާއި އޯކޭޒް އިން ޕްރޮޑިއުސްކޮށްފައިވާ ދިވެހި ފިލްމު "އިލް ނޮއިސް"، ރާއްޖޭގައި ފެތުރެމުންދާ ސްވައިން ފްލޫ ނުވަަތަ އެޗްވަންއެންވަން ގެ ސަބަބުން ފަސް ކުރެވިފައިވާއިރު، ޕްރެމިއާ ކުރާ ތާރީޚު ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް "އިލް ނޮއިސް" ޓީމް ގެ ފަރާތުން ބުނެފިއެވެ.

"އިލް ނޮއިސް" ޓީމް ގެ ފަރާތުން ރާއްޖެ ޓީވީއަށް މައުލޫމާތު ދެމުން އަހްމަދު ސާޖިދު ބުނީ ފިލްމު ޕްރިމިއާ ކުރާނެ ތާރިޚު ދެތިން ވަރަކަށް ދުވަސްތެރޭ ހާމަ ކުރެވޭވަރު ވާނެ ކަމަށަވެ.

"އިލް ނޮއިސް" ޓީމް އިން ސްވައިން ފްލޫ އާއި ގުޅިގެން ފިލްމު ޕްރިމިއާ ކުރުން ފަސްކުރީ ރާއްޖޭގެ ހާލަތަށް ބެލުމަށްފަހު ޓީމުގެ އެންމެންގެ މަޝްވަރާގެ މަތިން ކަމަށް، "އިލް ނޮއިސް" ގެ ޓީމުން ބުނެއެވެ. އަދި ފިލްމު ބެެލުމަށްޓަކައި އިންތިޒާރު ކުރަމުން ދިޔަ އެންމެހައި ސަޕޯޓަރުންނާއި މިހާރު ޓިކެޓް ނަގާފައިވާ ފަރާތްތަކުގެ ކިބައިން މައާފަށް އެދޭ ކަމަށްވެސް ފިލްމުގެ ޓީމް އިން ބުނެއެވެ.

"އިލް ނޮއިސް" ޕްރިމިއާ ކުރުން ފަސްކޮށްފައިވީ ނަމަވެސް، މީޑިއާ މެދުވެރިކޮށް ފިލްމާ ބެހޭ މައުލޫމާތު ހިއްސާ ކުރާނެ ކަމަށާއި، ފިލްމާ ގުޅޭ ހާއްސަ ޕްރޮމޯޝަންތަކާއި ފިލްމުގެ އިތުރު މަންޒަރުތައް،   #illnoisethemovie ގެ ނަމުގައި ތައްޔާރުކޮށްފައިވާ ފޭސްބުކް ޕޭޖް އަދި ޓްވިޓާ އިން ކުރިއަށް ގެންދާނެ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް