ކ. މާލެ
|
6 އޭޕްރިލް 2020 | ހޯމަ 19:57
އެންވަޔަރުމެންޓް މިނިސްޓަރު
އެންވަޔަރުމެންޓް މިނިސްޓަރު
ރައީސް އޮފީސް
މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ޚިދުމަތްތައް އޮންލައިންކޮށްފި
 
އޮންލައިންކޮށް ޚިދުމަތްތައް ހޯދުމަށް އިލްތިމާސްކުރެއްވި

މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ޚިދުމަތްތައް އޮންލައިންކޮށްފިއެވެ.

މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ބުނީ 07 އޭޕްރީލް ވާ އަންގާރަ ދުވަހުން ފެށިގެން މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ދޭ ބައެއް ޚިދުމަތްތަކަށް އޮންލައިންކޮށް އެދުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ޑިއުޓީ މައާފުކޮށްދިނުމަށް ބޭނުންވާ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ތަކެތި ފާސްކުރުން، ކަރަންޓު ޕެނަލް ކުރެހުމާއި ލޯޑް ކަލްކިއުލޭޝަން ފާސްކުރުން، ކަރަންޓް ކޭބަލް ފާސްކުރުން، ނެޓް މީޓަރިންގ އެސް. އެމް. ޑީ ފާސްކުރުން އަދި ކަރަންޓުގެ މަސައްކަތްތައް ކުރުމުގެ ލައިސަންސް ދޫކުރުން ހިމެނެއެވެ.

އެއޮތޯރިޓީން ބުނީ މި ޚިދުމަތްތަކަށް އެދި ހުށަހަޅާނީ[email protected]އަށްކަމަށެވެ.

އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ ކޮންމެ އާދިއްތަ ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހެއްގެ 11:00 އާއި 13:00 އާ ދޭތެރޭ 3017112 އަށް ގުޅުމަށް މޯލްޑިވްސް އެނަރޖީ އޮތޯރިޓީން އެދިފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް