ކ. މާލެ
|
6 އޭޕްރިލް 2020 | ހޯމަ 19:24
ކުރީގެ ރައީސް ޔާމީންގެ ދައްތާފުޅު މޫމިނާ އަބްދުލްގައްޔޫމް
ކުރީގެ ރައީސް ޔާމީންގެ ދައްތާފުޅު މޫމިނާ އަބްދުލްގައްޔޫމް
އަވަސް
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ހުރިހާ ކަމެއް ހަމަޖައްސައިދިނުމުންވެސް ދައްތާފުޅުގެ މޫނު ބެއްލެވުމަށް ރައީސް ޔާމީނު ވަޑައިނުގެންނެވި!
 
ކަރެކްޝަންސްއިން ޔާމީން ގެނައުމަށް ހުރިހާ އިންތިޒާމެއް ހަމަޖެއްސި
 
އެކަމަނާ ފަސްދާނުލެއްވީ އަސަރު ނަމާދަށްފަހު
 
މޫމިނާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު

ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ދައްތާފުޅުގެ މޫނު ބަލަން އައުމަށް އެމަަނިކުފާނު ދެކޮޅު ހައްދަވައިފިއެވެ.

ޔާމީނާ އެއްބަފާ ދައްތާފުޅު މޫމިނާ ޢަބްދުލްޤައްޔޫމް އަވަހާވީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. މިއަދުގެ އަޞްރު ނަމާދަށްފަހު އެކަމަނާ ވަނީ ފަސްދާނުލެވިފައެވެ.

ޖަލުގައި ހުންނެވި ނަމަވެސް ދައްތާފުޅުގެ މޫނު ބެލުމާއި، ކަށު ނަމާދުގައި ބައިވެރިވެވަޑައިގަތުމަށް ޢައިލާއިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރިއެވެ. އަދި ކަރެކްޝަންސް އިން ޔާމީން ގެނައުމަށް ސެކިއުރިޓީއާއެކު ލޯންޗް ވެސް ހަމަޖެއްސިއެވެ. ނަމަވެސް ދެކޮޅު ހައްދަވާ ދައްތާފުޅުގެ ކަށުކަމާކެމީގައި އެމަނިކުފާނު ބައިވެރިވެވަޑައިނުގަންނަވާކަން ރާއްޖެއެމްވީއަށް ވަނީ ކަށަވަރުވެފައެވެ.

މިމައްސަލައާ ގުޅިގެން ކަރެކްޝަންސް އިން ބުނީ މިފަދަ މަޢުލޫމާތު ޙިއްސާ ނުކުރާ ކަމަށެވެ. ނަމަވެސް މިކަން ކަރެކްޝަންސްއިން ދޮގެއް ނުކުރެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު ތަފުޞީލު ހޯދުމަށް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޖަމީލަށް ގުޅާލުމުން ވިދާޅުވީ، "ތިކަމާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ. ތިކަމާ ކޮމެންޓް ކުރެވޭކަށް ނެތް"ކަމަށެވެ.

މޫމިނާ ޢަބްދުލްޤައްޔޫމަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅެވެ. ދިވެހި ބަހާއި އަދަބިއްޔާތަށާއި، ދިވެހި ދައުލަތަށް އަދި ގަލޮޅު އަވަށަށް ވެސް ގިނަ ޚިދުމަތްތައް ކޮށް ދެއްވި ކަނބަލެކެވެ. އެގޮތުން ދިވެހި ބަަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަޤާމާއި، ގަލޮޅު އަވަށުވެރިޔާގެ އެހީތެރިޔާގެ މަޤާމު މޫމިނާ ފުރުއްވެވިއެވެ.

މޫމިނާގެ މައްޗަށް ކަށު ނަމާދު ކުރީ ހޯމަ ދުވަހުގެ އަޞްރު ނަމާދަށް ފަހު މާލޭގެ އާ ސަހަރާގައެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 80 އަހަރެވެ.

Advertisement
21%
2%
59%
15%
1%
3%
ކޮމެންޓް
7 އޭޕްރިލް 2020 | އަންގާރަ 22:57
ވަތަނުގެ ދަރިޔާ
ޔާމީނަކީ ނުބައި ސިކުނޑިއެއްގެ ވެރިއެއް. އަހަރުން ކުޑައިރުއްސު ދަންނަން އޭނަގެ ކަންކަން. އިންސާނިއްޔަތުގެ ކަފްޒަކީ އޭނަ ދަންނާނެ ކަމެއްނޫން. އަނިޔާއާއި ޖަރީމާއަށް ފަރިތަ ބޭފުޅެއް. މިހާތަނަށް ޙަވާލުވި އެއްވެސް ވުޒާރާއެއް ދިރުވާނުލާ ދޫކުރައްވާފައެއް ނެތް. މިޙަގީގަތް ގަބޫލުނުކުރާނީ އެފަދަ ޖަރީމާ ވިސްނުމުގެ މީހުން އެކަނި. ސަރުކާރުން އޭނަޔާއިމެދު ކަންތައްތައް ކުރަނީ މާރަނގަޅަށް. ޙަގީގަތުގައި އޭނަ އޮންނަވާނީ އާދައިގެ ޖަލުމީހުންގެ ފެންވަރުގައިކަމަށް އަހަރެން ގަބޫލުކުރާހިތްއޮތީ. ޖަލަކީ އަރާމާއި އުފަކުގައި އުޅެންއޮތް ތަނެއްނޫން. ނުބައި މީސްތަކުން އިސްލާހުވަނީ ވޭނުގައި ބައިތިއްބައިގެން.
7 އޭޕްރިލް 2020 | އަންގާރަ 10:13
މާގިރި
ބަލަ އިންޑިޔާއިން 5 ބިލިޔަން ޑޮލަރުގެ ޕެކޭޖެއް ދިވެހި ރއްޔިތުންނަށް ހިލޭ ދިނުމުން ޖީބަށް ކަހާލައި ރައްޔިތުންނަށް ދޮހުހަދާ ބަޔަކު މިކަހަލަ ދޮގު ޚަބަރު ވެސް ފަތުރާނެތާ!
7 އޭޕްރިލް 2020 | އަންގާރަ 10:07
މާގިރި
ލިޔުނު ފަރާތެއް ނެނގޭ ލިޔުންތައް މިނޫހުގައި ޖަހައިގެން ނނޫހާމެދު ނަފްރަތު އުފެދޭގޮތަށް ލިޔުންތައް ލިޔެ ޝާއިޢުކުރުން ރަނގަޅެއް ނޫން.
7 އޭޕްރިލް 2020 | އަންގާރަ 06:36
ކެރޭ
ނޫސްވެރިޔާގެނަންނުޖެހީދޮގުހަބަރެއްވީމަސިޔާސީޕާޓީއެއްގެގޮތުގަރަޖިސްޓްރީކުރަންވީނުފިތުނައުފައްދަން
7 އޭޕްރިލް 2020 | އަންގާރަ 00:09
ޢާސި
މުއުމިނާގެ މަރު ސިޔާސީ ހަތިޔާރަކަށް ނުހެއްދެވުން އެދެން . އަޅުގަނޑުމެން ލޯބިވާ މަންމަ އެއްފަދަ މީހެއް އެއީ. ޥަރަށް ހެޔޮ މާތް މީހެއް ވަކިވެގެން އެދިއައީ
6 އޭޕްރިލް 2020 | ހޯމަ 21:22
Axeeެ
Yamin ge nulafaa kan minamun ves ެengigen hingahjެ
6 އޭޕްރިލް 2020 | ހޯމަ 21:15
ާނީސް
ޔާމީން ބިރުގަތީ މަރުވެދާނެ ތީ
6 އޭޕްރިލް 2020 | ހޯމަ 21:08
ައައިސްތު
ކޮންހާ ދޮގުތަކެއް ހަދަން.ފިތުނަ އުފައްދަން އުޅޭ މި ދަނޑިވަޅުވެސް
6 އޭޕްރިލް 2020 | ހޯމަ 20:42
ޖ
ޖަލުގަ ހުރެގެން ދާނީކިހިނެތް
6 އޭޕްރިލް 2020 | ހޯމަ 20:31
މިންނާ
މިހިރަ އެނގެމުންދަނީ ދޮގުހަދާވަރު އެހެންވީމާ ހިތުހިރި އެއްޗެއް ނުލިޔަންވީ މިފަދަ ނޫންސްތަކަށް އިތުބާރެއް ނުކުރެވޭނެ
6 އޭޕްރިލް 2020 | ހޯމަ 19:07
ޢިންސާނިއްޔަތު
ޜަހުމުގެ ކަން ފުޅެއްވެސް ނެތް