ކ. މާލެ
|
6 އޭޕްރިލް 2020 | ހޯމަ 18:20
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
މުހައްމަދު ޝަރުހާން
ޕީޖީ އޮފީސް
ބިދޭސީއަކަށް ހަމަލާދިން ބަޔަކު ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށް، ޖޭއެސްސީ އަށް ހުށަހަޅަނީ
 
އެމީހުން ދޫކޮށްލުމަށް ނިންމި މެޖިސްޓްރޭޓުގެ މައްސަލަ ބަލައި ދިނުމަށް އެދި ޖޭއެސްސީއަށް ހުށަހަޅާނެ
 
ތުހުމަތު ކުރެވޭ މީހުން އެރަށުގެ ކޯޓުން ދޫކޮށްލާފައިވަނީ ފުލުހުން ހެކި ހުށަހަޅާފައިވަނިކޮށް
 
ތުހުމަތުކުރެވެނީ 38 އަހަރާއި 48 އަހަރުގެ ދެ ދިވެހިންނަށް

ރ. އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު ބިދޭސީއަކަށް ޙަމަލާދިން މައްސަލައެއްގައި ހައްޔަރުކުރި ދެ މީހަކު އެ ރަށު ކޯޓުން ދޫކޮށްލި މައްސަލަ އިސްތިޢުނާފުކުރަން ނިންމާ، އެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު 28 އަހަރުގެ ބަންގުލަދޭޝް ރައްޔިތަކަށް ޙަމަލާދީގެން ރިޕޯޓުކޮށްފައިވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ. އެ މައްސަލައާ ގުޅިގެން 38 އަހަރާއި 48 އަހަރުގެ ދެ ދިވެހިން ކޯޓު ޢަމުރެއްގެ ދަށުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ހޯމަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން އެރަށުގެ ކޯޓުން ދޫކޮށްލާފައިވަނީ ފުލުހުން ހެކި ހުށަހަޅާފައިވަނިކޮށް ކަމަށެވެ. އަދި މި މައްސަލަ ހައިކޯޓުގައި އިސްތިޢުނާފު ކުރުމުގެ އިތުރުން އެމީހުން ދޫކޮށްލުމަށް ނިންމި މެޖިސްޓްރޭޓުގެ މައްސަލަ ބަލައި ދިނުމަށް އެދި ޖޭއެސްސީއަށް ހުށަހަޅުއްވާނެކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ މާރާމާރީ ހިނގާފައިވަނީ އެ 48 އަހަރުގެ ދިވެހި ފިރިހެން މީހާ ދިރި އުޅޭގޭގައި ހުރި ގަސްތަކަށް އޭނަ ފެން ދޭން އުޅުމުގެ ތެރޭގައި، ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު މީހުން ގެންގުޅޭ މެޝިންތަކަށް ފެން ބުރުމުން ބިދޭސީ މީހާ އެ ޝަކުވާ ކުރުމުންކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް