ކ. މާލެ
|
6 އޭޕްރިލް 2020 | ހޯމަ 16:44
ކޮވިޑް-19 އިން ރައްކާތެރި ވުމަށް ލަންކާ ސިފައިން ރޭލްވޭ ސްޓޭޝަން ޑިސްއިންފެކްޓް ކުރަނީ
ކޮވިޑް-19 އިން ރައްކާތެރި ވުމަށް ލަންކާ ސިފައިން ރޭލްވޭ ސްޓޭޝަން ޑިސްއިންފެކްޓް ކުރަނީ
އޭޕީ
ކޮވިޑް-19
ކޮރޯނާވައިރަސް އާ ބެހޭ ދޮގު ވާހަކަ ފަތުރާ މީހުންނަށް ލަންކާގައި ފިޔަވަޅު އަޅަނީ
 
ސޯޝަލް މީޑިއާގައި ދޮގު ވާހަގަ ފެތުރި އަންހެނަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައި

ކޮރޯނާވައިރަސް އާ ބެހޭ ގޮތުން ދޮގު ވާހަކަ ފަތުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ސްރީލަންކާގެ ފުލުހުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ކޮރޯނާވައިރަސް ލަންކާގައި ފެތުރުމާ ބެހޭ ގޮތުން ދޮގު ވާހަކަ ފެތުރި ކަމަށް ބުނެ ލަންކާ ފުލުހުން ހައްޔަރު ކުރި އަންހެނެއްގެ ބަންދުގެ މުއްދަތު އޭޕްރީލް 9 އާ ހަމައަށް ކޮލޮމްބޯގެ ޗީފް މެޖިސްޓްރޭޓް ކޯޓުން އާދިއްތަ ދުވަހު އިތުރު ކުރުމާ ބެހޭ ގޮތުން، ފުލުހުންގެ މީޑިއާ ޑިވަޜަނުން ބުނީ، ކޮރޯނާވައިރަސް އާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކާ މެދު ކުރިއަށް އޮތްތާނގާވެސް ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނޭ ކަމަށެވެ.

ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމުމަށް ކޯޓަށް މި އަންހެން މީހާ ހާޒިރު ކުރީ އާދިއްތަ ދުވަހު ކަމަށް ސިލޯން ޓުޑޭ ގައި ބުނެފައިވެއެވެ.

ކޮރޯނާވައިރަސް އާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފު ދޮގު ވާހަކަ ފެތުރުން ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާކަން ގައުމުތަކުގެ ސަރުކާރު ތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ.

ބައެއް ގައުމު ތަކުގައި އެ ފަދަ ފަރާތްތަކާ މެދު އަންނަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް 4 މީހުން ސްރީލަންކާގައި ވަނީ މަރުވެފައެވެ.

ރަސްމީ ރިޕޯޓުތައް ބުނާގޮތުގައި ހޯމަ ދުވަހާ ހަމައަށް ސްރީލަންކާގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދަކީ 151 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
100%
ކޮމެންޓް