ކ. މާލެ
|
6 އޭޕްރިލް 2020 | ހޯމަ 16:32
ވެސްޓް ބްރޮމްވިޗް އެލްބިއަންގެ ސީއީއޯ މާކް ޖެންކިންސް
ވެސްޓް ބްރޮމްވިޗް އެލްބިއަންގެ ސީއީއޯ މާކް ޖެންކިންސް
ގެޓީ އިމޭޖަސް
ކޮވިޑް-19
މުސާރަ ނުނަގަން ވެސްޓް ބްރޮމްގެ ސީއީއޯ ނިންމައިފި
 
ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކުން އަންނަނީ މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލަމުން

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާނެ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި މުސާރަ ނުނަގަން އިނގިރޭސި ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ވެސްޓް ބްރޮމްވިޗް އެލްބިއަންގެ ސީއީއޯ މާކް ޖެންކިންސް ނިންމައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން އިންގްލެންޑްގައި ކުރިއަށްދާ ހުރިހާ ފުޓްބޯޅަ މުބާރާތްތަކެއް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ވާދަކުރި ޗެސްޓް ބްރޮމްގެ ސީއީއޯ މާކް ޖެންކިންސް ވިދާޅުވީ މި ދަނޑިވަޅުގައި މުސާރާ ނުނަގާނެ ކަމަށާއި، މާލީ ގޮތުން ޓީމަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެންމެ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ޕްރިމިއާ ލީގިގެ ބައެއް ކްލަބުތަކުން ވަނީ އެ ކްލަބުގެ މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލާފައެވެ. އޭގެ ތެރޭގައި ލިވަޕޫލް، ނިއުކާސަލް ޔުނައިޓެޑް، ޓޮޓެންހަމް ހޮޓްސްޕާސް، ބޯންމަތު އަދި ނޯވިޗް ސިޓީ ހިމެނެއެވެ.

މާކް ޖެންކިންސް ވިދާލުވީ ވެސްޓް ބްރޮމްގެ މުވައްޒަފުން ނޯޕޭއަށް ފޮނުވަން އަދި ނިންމާފައި ނުވާނެ ކަމަށާއި، އެކަމަކު ދިގު މުއްދަތަކަށް ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓިފައި އޮވެއްޖެ ނަމަ، ކްލަބު ސަލާމަތްކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށެވެ.

އިނގިރޭސިވިލާތުގައި ނޯޕޭއަށް ފޮނުވާލާ މުވައްޒަފުންނަށް ސަރުކާރުން ކަނޑައަޅާފައިވާ ސްކީމްގެ ދަށުން އެމީހެއްގެ މުސާރައިގެ 80 އިންސައްތަ ލިބެއެވެ.

ކޮވިޑް-19 ގެ ސަބަބުން ކްލަބްތަކަށް މާލީ ގޮތުން ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، ޕްރިމިއާ ލީގުގެ ކްލަބުތަކުގެ ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރުމަށް މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް