ކ. މާލެ
|
6 އޭޕްރިލް 2020 | ހޯމަ 14:35
މެނުއަލް ނޯޔާ
މެނުއަލް ނޯޔާ
ގެޓީ އިމޭޖަސް
މެނުއަލް ނޯޔާ
ނޯޔާ އާއެކު ޗެލްސީން މަޝްވަރާތައް ފަށައިފި
 
ނޯޔާ ބޭނުން ވަނީ ދިގު މުއްދަތެއްގެ އެއްބަދސްވުމެއް ދޭ ޓީމަކަށް ބަދަލުވާން
 
ބަޔާނުުން ނޯޔާއަށް ހުށަހެޅީ ދެ އަހަރުގެ އެއްބަސްވުމެއް
 
ބަޔާންގެ ހުށަހެޅުމަށް ނޯޔާ ވަނީ އިންކާރުކޮށްފައި

ބަޔާން މިޔުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ތަޖުރިބާކާރު ގޯލްކީޕަރު މެނުއަލް ނޯޔާ ގެންނަން އޭނާގެ އެޖެންޓާއެކު، ޗެލްސީން މަޝްވަރާތައް ފަށައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބަޔާންގެ ކީޕަރު ނޯޔާއާއެކު ޗެލްސީން މަޝްވަރާތައް ފަށައިފައިވަނީ އެ ޓީމުގެ މިހާރުގެ ކީޕަރު ކެޕާ އަރިއްޒަބަލާގާއާ މެދު އެޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ހިތްހަމަނުޖެހޭތީއެވެ. އެހެންކަމުން އެޓީމުން އަންނަނީ ތަޖުރިބާކާރު ކީޕަރެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އުމުރުން 34 އަހަރުގެ ނޯޔާ އާއެކު ބަޔާނުން ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ އޮތީ އަހަރެއްހާ ދުވަހެވެ. ނޯޔާގެ އެއްބަސްވުން ހަމަވާތީ ބަޔާނުން އަންނަނީ އޭނާގެ އެއްބަސްވުން އާކުރުމަށް މަސައްކަތް ކުރަމުންނެވެ. ބަޔާނުން ނޯޔާ އާއެކު ހަދަން ބޭނުންވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެވެ. އެކަމަކު ނޯޔާ އަންނަނީ ބަޔާނުގެ ހުށަހެޅުމަށް ދެކޮޅު ހަދަމުންނެވެ. ނޯޔާ ވަނީ ފަސް އަހަރަށްވުރެ ކުޑަ އެއްބަސްވުމެއްގައި އޭނާ ސޮއި ނުކުރާނެ ކަމަށް ބުނެފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ނޯޔާގެ ވިސްނުން ހުރީ މުސާރައަށްވުރެ ބޮޑަށް އޭނާއަށް ދިގު މުއްދަތެއްގެ އެއްބަސްވުމެއްދޭ ޓީމަކަށް ބަދަލުވުމަށެވެ. އަދި ދާދި ފަހުން ނޯޔާ ވަނީ އޭނާ ކުޅުން ހުއްޓާލާނީ އުމުރުން 40 އަހަރު ވުމުން ކަމަށްވެސް ބުނެފައެވެ.

ޖަރުމަނުގެ ޝާލްކާ އިން 2004 ވަނަ އަހަރު ކެރިއަރު ފެށި ނޯޔާ ބަޔާނަށް ބަދަލުވީ 2011 ވަނަ އަހަރުގައެވެ. އެ ފަހަރު އޭނާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ހިމެނެއެވެ. ނޯޔާ ވަނީ ބަޔާން އާއެކު ކާމިޔާބު ސީޒަންތަކެއް ހޭދަކޮށްފައެވެ. އަދި އޭނާ ވަނީ 2014 ވަނަ އަހަރު ޖަރުމަނާއި އެކު ވޯލްޑް ކަޕް ކާމިޔާބުކޮށް އެ މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ މަގާމުވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް