ކ. މާލެ
|
6 އޭޕްރިލް 2020 | ހޯމަ 14:10
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު މޫމިނާ އަބްދުލްގައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު މޫމިނާ އަބްދުލްގައްޔޫމް
އަވަސް
މޫމިނާ އަބްދުލްގައްޔޫމް އަވަހާރަވުން
ރައީސް މައުމޫންގެ ކޮއްކޯފުޅު، މޫމިނާ އަބްދުލްގައްޔޫމް އަވަހާރަވެއްޖެ
 
އެކަމަނާއަކީ ދިވެހި ބަހާއި އަދަބިއްޔާތައް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއް
 
އަވަހާރަވި އިރު އުމުރުފުޅަކީ 80 އަހަރު
 
އެކަމަނާ އަވަހާރަވީ މިއަދުގެ ހެނދުނު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު މޫމިނާ އަބްދުލްގައްޔޫމް އަވަހާރަވެއްޖެއެވެ.

މޫމިނާ އަބްދުލް ގައްޔޫމަކީ ދިވެހި ބަހާއި އަދަބިއްޔާތަށާއި، ދިވެހި ދައުލަތަށް އަދި ގަލޮޅު އަވަށަށް ވެސް ގިނަ ހިދުމަތްތައް ކޮށް ދެއްވި ކަނބަލެކެވެ. އެގޮތުން ދިވެހި ބަަހާއި ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމާއި ގަލޮޅު އަވަށުވެރިޔާގެ އެހީތެރިޔާގެ މަގާމު މޫމިނާ ފުރުއްވެވިއެވެ.

މޫމިނާގެ މައްޗަށް ކުރާ ކަށު ނަމާދު އޮންނާނީ މިއަދުގެ އަސަރު ނަމާދަށް ފަހު މާލޭގެ އާ ސަހަރާގައެވެ. އެކަމަނާ އަވަހާރަވީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 80 އަހަރެވެ.

މޫމިނާ އަބްދުލްގައްޔޫމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެއްބަފާ ދައްތައެވެ. ޖަލުގައި ހުންނެވި ނަމަވެސް ދައްތާފުޅުގެ މޫނު ބެލުމާއި ކަށު ނަމާދުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމީން ވަޑައިގަންނަވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ މި ފުރުސަތު ފަހިކޮށްދިނުމަށް އާއިލާގެ ފަރާތުން އެދިފައިވުމާއި ގުޅިގެން އެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް