ކ. މާލެ
|
6 އޭޕްރިލް 2020 | ހޯމަ 14:26
މޯލްޑިވިއަންގެ މަތިންދާ ބޯޓެއް
މޯލްޑިވިއަންގެ މަތިންދާ ބޯޓެއް
ޓްވިޓަރ
މޯލްޑިވިއަން
މެލޭޝިޔާގައި ތިބި ދިވެހިންނަށް މޯލްޑިވިއަންގެ ހާއްސަ ފްލައިޓެއް
 
ޓިކެޓް ވިއްކަނީ އޮންލައިންކޮށް

ކޮވިޑް-19 އާ ގުޅިގެން މެލޭޝިޔާގައި ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން، ރާއްޖެއަށް އަންނަން ބޭނުންވާ ފަރާތްތަކަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ހާއްސަ ފްލައިޓެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މޯލްޑިވިއަންގެ ފްލައިޓް މެލޭޝިއާއިން ފުރަން ޝެޑިއުލްކޮށްފައިވަނީ މި މަހުގެ 8 ވަަނަ ދުވަހު އެ ގައުމުގެ ގަޑިން ހެނދުނު ހައެއް ޖަހާއިރު ކަމަށެވެ. ފްލައިޓުގައި ދަތުރުކުރައްވަން ބޭނުންވާ ދިވެހިންނަށް ހޯމަ ދުވަހުގެ ހަވީރު ފަހަކުން ފެށިގެން އޮންލައިންކޮށް ޓިކެޓް ގަނެވޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކުގެ ތެރެއިން ގައުމަށް އަންނަން ބޭނުންވެފައިވާ ދިވެހިން ގެނައުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އާދިއްތަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، ލަންކާގައި ތިބި 100 ދިވެހިން ވަނީ ރާއްޖެއަށް ގެނެސްފައެވެ.

އޭގެ އިތުރުން އިންޑިއާގެ ކޮޗިން ގައި ތިބި ދިވެހިން ގެނައުމަށް ހޯމަ ދުވަހު ހާއްސަ ފްލައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
67%
0%
0%
0%
33%
ކޮމެންޓް