ކ. މާލެ
|
6 އޭޕްރިލް 2020 | ހޯމަ 12:44
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޯރިސް ޖޯންސަން
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޯރިސް ޖޯންސަން
ގެޓީ އިމޭޖަސް
ބޯރިސް ޖޯންސަން
ބަލި ފަސޭހަވަންދެން، އިނގިރޭސި ބޮޑުވަޒީރު ބޯރިސް ޖޯންސަން ހުންނަވާނީ ހޮސްޕިޓަލުގައި
 
އެ ގައުމުގެ ސަރުކާރުގެ އިސް ބައެއް އޮފިޝަލުންތަކެއް ވަނީ ވައިރަހަށް ޕޮޒިޓިވްވެފައި
 
ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ ހާލަތު ގޯސްވެގެންނެއް ނޫން: ތަރުޖަމާނު
 
ބޯރިސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ރިޕޯޓްކޮށްފައިވަނީ މީގެ 10 ދުވަސް ކުރިން

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން ބަލި ފަސޭހަވަންދެން ހުންނަވާނީ ހޮސްޕިޓަލުގައި ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

ބޮޑުވަޒީރު ބޯރިސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ރިޕޯޓްކޮށްފައިވަނީ މީގެ 10 ދުވަސް ކުރިންނެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބޯރިސް ހޮސްޕިޓަލަށް ބަދަލުކޮށްފައިވަނީ އެމަނިކުފާނުގެ ހާލުކޮޅު ގޯސްވެގެންނެއް ނޫނެވެ.

އެމަނިކުފާނުގެ ތަރުޖަމާނާ ޙަވާލާދީ ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުން ބޯރިސް އެޑްމިޓް ކުރަން ނިންމީ ޙާލު ގޯސްވެގެން ނުވަތަ އެމަރޖެންސީވެގެނެއް ނޫނެވެ. އެއީ ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށާއި، އެ ޤައުމުގެ ނޭޝަނަލް ހެލްތު ސަރވިސަސް ގެ ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރައްވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ދާދި ފަހުން، އިނގިރޭސި ރާނީ އެލިޒަބަތް ވެސް ވަނީ ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އެ ހިތާބުގައި އެކަމަނީ ވިދާޅުވީ ހުރިހާ ރައްޔިތުންވެސް މި ދަނޑިވަޅުގައި ކެތްތެރިކަން އިސްކުރުމަށާއި މި ހާލަތުން ވަރަށް އަވަހަށް އަރައިގަނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ބޯރިސްގެ އިތުރުން، އިނގިރޭސިވިލާތުގެ ސަރުކާރުގެ އިސް އޮފިޝަލުންތަކަށް ވަނީ މި ބަލި ޖެހިފައެވެ. އޭގެ ތެރޭގައި، ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް