ކ. މާލެ
|
6 އޭޕްރިލް 2020 | ހޯމަ 13:05
ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން
ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން
ގެޓީ އިމޭޖަސް
ޔުއެފާ
"ހާލަތު ތަންނުދީފިނަމަ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކެންސަލްކުރަން ޖެހިދާނެ"
 
ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އެންމެ ފުރަތަމަ ނިންމަން ތާވަލު ކޮށްފައިވަނީ ޖޫން މަހަށް
 
ޖުލައި މަހުގައި އެންމެ ލަސްވެގެން ގައުމުތަކުގެ ލީގު ނުފެށިއްޖެނަމަ ސީޒަން ގެއްލުމުގެ ބިރު އެބައޮތް

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފަސްކޮށްފައިވާ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ޔޫރަޕާ ލީގު، ހާލަތު ތަންނުދޭނަމަ ފަސްކުރަން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ޔުއެފާގެ ރައީސް އަލެކްސެންޑަ ސެފެރިން ވިދާޅުވެއްޖެ އެވެ.

ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އެންމެ ފުރަތަމަ ނިންމަން ތާވަލު ކޮށްފައިވަނީ ޖޫން މަހަށެވެ. އެކަމަކު ޔޫރަޕްގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވުމުން އެ ދެ މުބާރާތް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގު މުބާރާތް ވެސް ވަނީ ފަސްކޮށްފައެވެ.

ޔުއެފާގެ ރައީސް އަލެކްސެންޑަ ސެފަރިން ވިދާޅުވީ ޖުލައި މަހުގައި އެންމެ ލަސްވެގެން ގައުމުތަކުގެ ލީގު ނުފެށިއްޖެނަމަ، ސީޒަން ގެއްލުމުގެ ބިރު އެބައޮތް ކަމަށެވެ.

ޔޫރަޕްގެ މީޑިއާއަކަށް ސެފަރިން ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ފަހަތަށް ޖައްސައިލެވެން ނެތް ކަމަށެވެ. އަދި ސިއްހީ މާހިރުންގެ ހުއްދަ ނުލިބި މުބާރާތުގެ ކުޅުން ނުފަށާނެ ކަމަށާއި، އަދި މުބާރާތުގެ ކުޅުން ނުފެނި ދިގުލައިގެންދާނަމަ، މުބާރާތް ކެންސަލް ކުރަން ޖެހިދާނެ ކަމަށްވެސް ސެފަރިން ވިދާޅުވިއެވެ.

ފުޓްބޯޅަ ސީޒަން ފަށަން ހާލަތު ތަންދިނުމުން އަމަލުކުރާނެ ގޮތެއް ޔުއެފާ އާއި ގައުމުތަކުން އަންނަނީ ގުޅިގެން ރާވަމުންނެވެ. އެގޮތުން ފުރަތަމަ ވިސްނުމަކީ ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅުން ކަމަށް ސެފެއިން ވިދާޅުވިއެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން މިއަހަރުގެ ހޫނު މުސުމަށް ތާވަލުކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އެހެންކަމުން މެދުކަނޑާލާފައިވާ ލީގުތަކުގެ ކުޅުން ހޫނު މޫސުމުގައި ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް