ކ. މާލެ
|
6 އޭޕްރިލް 2020 | ހޯމަ 12:54
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
މަޖިލިސް
ކޮވިޑް-19
ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވިޔަފާރި ރަޖިސްޓްރީކުރެވެނޭ
 
މި ދުވަސްތަކުގައި ލައިވް ޗެޓް މެދުވެރިކޮށް މައުލޫމާތު ވެސް ފޯރުކޮށްދެވޭނެ
 
ހިދުމަތް ލިބޭނެ ގަޑިތަކަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް
 
ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހިދުމަތް ލިބޭނެ

ކޮވިޑް-19 އާއި ގުޅިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލެޕްމަންޓުން ވިޔަފާރިތައް ރަޖިސްޓްރީކުރާ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.

މިކަމާއި ގުޅިގެން، ހޯމަ ދުވަހު އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ކޮވިޑް 19 އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކުގައި ވިޔަފާރިތަކަށް ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް 5 އޭޕްރިލް 2020 އިން ފެށިގެން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށްފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

ޚިދުމަތްތަކަށް އެދުމަށް ހުށަހެޅޭނީ، ބިޒްނަސްޕޯޓަލް business.cgov.mv-beta ނުވަތަ އީމެއިލް އެޑްރެސް [email protected]. މެދުވެރިކޮށެވެ.

އިކޮނޮމިކް މިނިސްޓްރީން މެދުކެނޑުމެއް ނެތި ލިބޭ ހިދުމަތްތަކުގެ ތެރޭގައި ވިޔަފާރި ނަން ފާސްކުރުމާއި، ވިޔަފާރި ނަން ރަޖިސްޓްރީކުރުން، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުން، ކޯޕަރޭޓް ޕްރޮފައިލް ޝީޓް ދޫކުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރުން، ލޯގޯ ރަޖިސްޓްރީކުރުން، ސީލް ރަޖިސްޓްރީކުރުމުގެ އިތުރުން ޓްރޭޑްމަރކް ރަޖިސްޓްރީކުރުން ހިމެނެއެވެ.

މި ހިދުމަތްތަކުގެ އިތުރުން، ހުކުރު ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ލައިވް ޗެޓް މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް އިއުލާނުގައި ވަނީ ފާހަގަކޮށްފައެވެ.

ސަރުކާރު ބަންދުކޮށްފައި އޮތުމުން ރައްޔިތުންނަށް ބައެއް ހިދުމަތްތައް ލިބުމުގައި ދަތިތަކެއް ހުރުމުން ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދިނުމުގެ ސަރުކާރުން އަންނަނީ، އަސާސީ ހިދުމަތްތައް ފޯރުކޮއްދެވޭނެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.

އޭގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ ބައެއް ހިދުމަތްތައް، ހާއްސަކޮށް ފައިސާގެ މުއާމަލާތްތަކާ ގުޅޭ ހިދުމަތަތްތައް ދެ ދުވަހަކު ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެހެނިހެން ބައެއް ވުޒާރަތަކާއި އިދާރާތަކުގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖެހިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް