ކ. މާލެ
|
6 އޭޕްރިލް 2020 | ހޯމަ 11:21
ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ
ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ
ރައީސް އޮފީސް
ޖެންޑަރ މިނިސްޓްރީ
މިދިޔަ މަހު ޖެންޑަރ އަށް ހުށައެޅުނު މައްސަލަތައް މަދު!
 
ރިޕޯޓް ކުރެއްވުމަށް އިލްތިމާސްކުރެއްވި
 
ޖެނުއަރީ މަހު ގެވެށި އަނިޔާގެ 34 މައްސަލައެއް

މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހާއި އަޅާބަލާއިރު ގެވެށި އަނިޔާއީ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ޖެންޑަރ މިނިސްޓްރީ އަށް މާޗް މަހު ރިޕޯޓް ކުރެވުނު އަދަދު މަދުވެފައިވާ ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑަރ މިނިސްޓަރ ވަނީ ފާއިތުވި ތިން މަސް ދުވަހު ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތައް ހިއްސާކުރައްވާފައެވެ.

އެގޮތުން ޖެނުއަރީ މަހު ގެވެށި އަނިޔާގެ 34 މައްސަލައެއް ހުށައެޅިފައިވާއިރު، ފެބްރުއަރީ މަހު ހުށައެޅިފައިވަނީ 39 މައްސަަލައެވެ. އަދި މާޗް މަހު ހުށައެޅިފައިވަނީ 26 މައްސަލައެވެ. ފާއިތުވި ތިން މަސްދުވަހު ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ތަފާސް ހިސާބަށް ބަލާއިރު، ޖެނުއަރީ މަހު ހުށައެޅިފައިވަނީ 121 މައްސަލަ އެވެ. ފެބްރުއަރީ މަހު 169 މައްސަލަ ހުށައެޅިފައިވާއިރު، މާޗް މަހު 101 މައްސަލަ ހުށައެޅިފައިވާ ކަމަށް ޖެންޑަރ މިނިސްޓަރު ވިދާޅުވިއެވެ.

މާޗް މަހު ރިޕޯޓް ކުރެވުނު މައްސަލަތައް މަދުވުމުގައި ސަބަބުތަކެއް ހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަޅުގަނޑު ގަބޫލްކުރަން ބޭނުންވަނީ އަޅުގަނޑުމެންގެ ކުދިންނަށް ކުރާ އަނިޔާއާއި، ގެވެށި އަނިޔާގެ މައްސަލަތައް ހަގީގަތުގައުވެސް ދަށީއޭ. އެކަމަކު އެއީ އުއްމީދެއް.
އައިޝަތު މުހައްމަދު ދީދީ - ޖެންޑަރ މިނިސްޓަރު

ޖެންޑަރ މިނިސްޓަރު ވިދާޅުވި ގޮތުގައި ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓްކުރަން އުނދަގޫ ސަބަބުތަކުގެ ތެރޭގައި، މާއްދީ ގޮތުން މަންފާ ބޭނުންވެފައި ހުންނަ ފަރާތްތަކަށް މާއްދީ މަންފާ ލިބެމުން ދިޔުމުގެ އިތުރުން، އެހީތެރިކަން ލިބުމުގެ ކަށަވަރުކަން ނެތުމުންނެވެ،

މިނިސްޓަރު ވަނީ، ގެވެށި އަނިޔާގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނާ ކުރާ އަނިޔާތަކުގެ ހުރިހާ މައްސަލަައެއް މިނިސްޓްރީން ބަަލަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް